ނިއުމާމިސްގެ ކޮލަމް ލޯބިވާ ދަރިފުޅަށް ނަތީޖާ ލިބޭ ދުވަހު ބޭނުންވަނީ މައިންބަފައިންގެ ހިތްވަރާއި ލޯތްބާއި ގާތްކަމާއި ހެޔޮބަސްތައް

ލޯބިވާ ދަރިފުޅަށް ނަތީޖާ ލިބޭ ދުވަހު ބޭނުންވަނީ މައިންބަފައިންގެ ހިތްވަރާއި ލޯތްބާއި ގާތްކަމާއި ހެޔޮބަސްތައް

ލޯބިވާ ދަރިފުޅަށް ނަތީޖާ ލިބޭ ދުވަހު ބޭނުންވަނީ މައިންބަފައިންގެ ހިތްވަރާއި ލޯތްބާއި ގާތްކަމާއި ހެޔޮބަސްތައް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަރިވަރުންގެ ރިޕޯރޓްފޯރމު ލިބޭ ދުވަހަކީ ވަރަށް ޚާއްޟަ ދުވަހެކެވެ. އުއްމީދުުކުރަނީ ހުރިހާ ބެލެނިވެރިންވެސް ދަރިވަރުންގެ ރިޕޯރޓް ފޯރމު ލިބުމުން އެކުދިން މާޔޫސް ނުކުރާނެކަމަށެވެ.

އެކުދިން އެވަނީ އެކުދިންނަށް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކޮށް މިފަހަރު ވެސް ކާމިޔާބީ ހާސިލްކޮށްފައެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ހުނަރުތަކާއި ގާބިލްކަން ލިބިފައިވާ ތަފާތު ކުއްޖެކެވެ. އެކިކުދިން މޮޅުވާނީ އެކިކަންކަމަށާއި، އެކި ހުނަރުތަކަށެވެ. އެކި ކުދިން ކުރާހިތްވާނީ އެކިކަންކަމެވެ.

ލޯބިވާ ދަރިފުޅަށް އަބަދުވެސް ބޭނުންވަނީ ތިޔަބޭފުޅުންގެ ހިތްވަރާއި ލޯތްބާއި ގާތްކަމާއި ހެޔޮ ބަސްތަކެވެ. އެކުދިން އަމިއްލަ ނަފްސަށް އިތުބާރުކޮށް މިއަންނަ ދިރާސީ އާއަހަރުގައި އިތުރު ހިތްވަރަކާއެކު ކެރިގެން މަސައްކަތްކުރާނީ މަންމައާއި ބައްޕަގެ ހިނިތުންވެފައިތިބި އުފާވެރި މޫނުތައް ފެނުމުންނެވެ.

ހަދާން ކުަރަންވީ އަމިއްލަ ދަރިފުޅު ކުރިމަތީ ބަހައްޓައިގެން އެއްވެސް އެހެންކުއްޖެއްގެ މޮޅުވާހަކަވެސް އަދި އެއީ ދަށްކުއްޖެކޭ ވެސް ނުކިޔުމަށެވެ. (އެހެންކުދިންގެ ވާހަކަ ދަރިފުޅު ކައިރީ ނުދެއްކުމަށެވެ.) އަދި އެއްވެސް އެހެން ކުއްޖަކަށް ލިބުނު ނަތީޖާ އަނެއް ބެލެނިވެރިޔާ ގާތުގައި ނޭހުމެވެ. ކޮންމެ ދަރިވަރެއްގެ ނަތީޖާއަކީ އެދަރިވަރެއްގެ ވަރަށް”ސިއްރު”މައުލޫމާތެކެވެ. އެމައުލޫމާތު އާއްމު ނުކުރައްވާ ރައްކާތެރި ކަމާއެކުގެންގުޅުއްވުން ވަރަށް މުހިންމެވެ.

ރިޕޯރޓްފޯރމު ލިބޭ ދުވަހަކީ ހުރިހާކުދިންނަށް ލިބުނު ކާމިޔާބު ފާހަގަ ކުރާ ދުވަހަކަށް ހެދުމުން އެކުދިން ވަރަށް އުފާވާނެއެވެ.

މިއީ ނިއުމާ މިސް ހުރިހާ ބެލެނިވެރިންނަށް ކޮށްފައިވާ އިލްތިމާސެކެވެ.

އާދެ ޖޫން 30 ވީ ބުރާސްފަތި ދުވަހު އެވަނީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ރިޕޯޓް ފޯމް ދޫކޮށްފައެވެ.

ޓެގް

ރިޕޯޓްފޮތްދިނުން ދަރިވަރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.