ނިއުމާމިސްގެ ކޮލަމް

އުގެނޭ ތަފާތުގޮތްތައް

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެއްކުލާހެއްގައި އުޅެނީ މިޒާޖުގެ ގޮތުންނާއި ތަބީއީގޮތުންވެސް ތަފާތުކުދިންނެވެ.   މުދައްރިސުން ވިސްނަންވީ އެކިކުދިން އަބަދުވެސް ތަފާތުވާނެކަމެވެ. މިސާލަކަށް އުޅޭއުޅުމާއި، އަޚްލާޤް، މިޒާޖު، ކުރަންބޭނުންވާ ކަންތައްތައްވެސް ތަފާތުވާނެއެވެ. ވީމާ ކުލާހުގައި އުޅޭހުރިހާ ކުދިންނަށްވެސް ފައިދާ ވާގޮތައް ފިލާވަޅުތައް ރާވައި ތަފާތުގޮތްގޮތައް ތައްޔާރުކުރަންޖެހޭކަމެވެ. ވީމާ ކިޔެވުމާއި އުނގެނޭގޮތްތައްވެސް ވަރަށް ތަފާތެވެ. މިގޮތުން މިބަލައިލަނީ ދަރިވަރުން އުގެނޭ ތަފާތުގޮތްތަކަށެވެ.

1. ކިޔަވައިދުނުމުގެ އެހީ (ޓީޗިންގ އެއިޑްސް) ފެނިގެން :

އުނގެނޭއިރު ބައެއް ކުދިންނަށް ފަސޭހައީ ކިޔަވަދޭ އެއްޗެއްސާއި ތަސްވީރުފަދަ އެއްޗެހި ފެނުނީމައެވެ.  ކިޔަވައި ދެމުންދާއިރު ފޯރުކޮށްދޭ މައުލޫމާތު ކިޔައިދޭއިރު އެއްޗެހި ފެނުނީމަ އެކުދިންނަށް އުނގެނެން ފަސޭހަވެގެންދެއެވެ. ގަދަ ކުލަތަކާއި އަސްލު އެއްޗެހި ފެނުމުން އެކުދިންނަށް ވިސްނަން ފަސޭހަވެ އެމައުލޫމާތު ފަސޭހަކަމާއެކު އަވަހަށް ދޭހަވެ ހަނދާނުގައި ހަރުލައެވެ.  މިސާލަކަށް : ވީޑިއޯއާއި، މުއްދަރިސުގެ ހަރަކާތްތައް، ފިލާވަޅުގައި އުނގެނޭ އެއްޗެހި، ތަސްވީރު، ޑައަގްރަމްސް، ގްރެފިކް އޯގަނައިޒާސް، ޗާރޓްތައް، މެޕްތައް، ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންތައް ފަދަ ކިޔަވައިދިނުގެ އެހީތަކެވެ.  މިފަދައިން އުނގެނޭ ކުދިންގެ މަސައްކަތްތައްވެސް ތަރުތީބުވެފައި ވަރަށް ސާފުތާހިރުވާނެއެވެ. މިކުދިން ތަފާތު އެއްޗެހީގެ އެއްގޮތްކަންތަކާއި ތަފާތުތައް ވަރަށް ފަސޭހައިން ދެނެގަނެއެވެ.

2. ކިޔަވައިދޭއިރު އަޑުއަހައިގެން:

ބައެއް ކުދިން އުގެނޭއިރު މައުލޫމާތު ފަސޭހައިން އަޑުއަހައިގެން ދަސްވެއެވެ. މިފަދަ ކުދިންނަށް އެއްޗެހި ކޮންމެހެން ނުފެނުނަސް މުދައްރިސުން  މައުލޫމާތު ކިޔައިދީނީމަ އަޑުއަހައިގެން ދަސްވެއެވެ. މިކުދިންނަށް ފަސޭހައީ ކުލާހުގައި ގިނައިން ބަހުސްކޮށް އަދި މަޝްވަރާތައްކުރީމައެވެ.  ސުރުޙީއަކާއި ބެހޭގޮތުން އެއްކުއްޖަކު އަނެއްކުއްޖަކާއި ވާހަކަ ދައްކާލެވުނީމައެވެ. އަދި މިނޫނަސް މުއްދަރިސު ފިޔަވާ، އެމަޢުލޫމާތު އިނގޭ އިލްމްވެރިއަކު/ހުނަރުވެރިއަކު ލައްވާ، އެކިޔަވައިދޭ ސުރުޙީއަށް ވާހަކަ ދައްކާލެވިދާނެއެވެ. މިގޮތަށް އުނގެނޭކުދިންނަށް ލެކްޗަރ މެތަޑްފަސޭހަވެއެވެ. ކުލާހުގައި ނަގައިދޭ ފިލާވަޅުތަކުގެ ތެރޭގައި މައުލޫމާތު ރޭޑިއޯ/ޓީވީއިން އަޑުއަހާލަން ފުރުސަތު ދެވިދާނެއެވެ.

3. މައުލޫމާތު ކިޔައި އަދި ލިޔެގެން:

ބައެއްކުދިންނަށް ފަސޭހައީ މަޢުލޫމާތު އަމިއްލައަށް ކިޔާފައި ލިޔުނީމައެއެވެ. މިކުދިން ގިނަފަހަރަށް މުދައްރިސުން ފިލާވަޅު އޮޅުން ފިލުވައިދޭގަޑިގައި ނޯޓްވެސް ކުރާނެއެވެ. މިކުދިން ފިލާވަޅުތައް ދަސްކުރަމުންދާ ގަޑީގައި ޑައިރީގައި ލިޔުނީމަވެސްފަސޭހައެވެ. ޙާއްސަކޮށް ލިސްޓްކޮށް، ކުދިކުދި ނޯޓްސްތައް އަމިއްލައަށް ލިޔެ މައުލޫމާތު އެއްކުރއެވެ. މިކުދިން ފިލާވަޅު ކިޔުމަށްފަހު ހަނދާނުގައި ބެހެއްޓުމަށްޓަކައި ކޮންސެޕްޓްމެޕް/މައިންޑްމެޕްވެސް ހައްދާލެވިދާނެއެވެ. މަޢުލޫމާތުތައް އެއްފޮތުން އަނެއްފޮތައް ބަދަލުކުރަން ފުރުސަތު ދިނަސް މިކަހަލަ ކުދިންނަށް ފަސޭހައިން އެފިލާވަޅުތައް  އެނގިގެންދެއެވެ.

4. ޢަމަލީ ގޮތުން ބައިވެރިވެގެންނާއި ހަރާކާތްކޮށްގެން:

ބައެއްކުދިންނަށް ފަސޭހައީ ކަންތައްތައް އިޙްސާސްކޮށް ތަޖުރިބާކުރީމައެވެ. މިފަދަ ކުދިންނަށް ގިނައިރު އިށީދެގެން އިންނަށް އުނދަގޫވެއެވެ. ކުލާސްގަޑީގައި ކިޔަވަމުންދާއިރު މިކުދިން ކުދިކުދި ބްރޭކްވެސް ބޭނުން ވެއެވެ. މިފަދަ ދަރިވަރުންނަށް ފިލާވަޅުގެ ތެރޭގައި ކުޅިވަރު، ޑްރާމާ، މައިމިންގ، ރޯލްޕްލޭ، ފީލްޑްޓިރްޕް ފަދަ ހަރަކާތްތައް ގެންދިއުމުން އުނގެނުން ފަސޭހަވެގެންދެއެވެ. އަދިހަމަ ތަފާތު އެއްޗެހީގެ މޮޑެލްތައް ހަދާ ކުރަހާ، ޗާޓުތައް ތައްޔާރު ކުރެވިދާނެއެވެ. މިފަދަ ދަރިވަރުން ޝައުޤުވެރިކަމާއެކު ފީލްޑްޓްރިޕްއާއި ހޯދުންތައް ހޯދައިގެން ހަދާފިލާވަޅުތަކުގައި ފުރިހަމައަށް ބައިވެރިވެއެވެ.

The VARK model was designed by Neil Fleming in 1987. In this model, Fleming developed a way to help students learn more about their preferences. VARK learning styles are visual, auditory, read/write, and kinesthetic.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close