ނިއުމާމިސްގެ ކޮލަމް ފޯރމެޓިވް އެސެސްމަންޓް ޓޫލްސް: ޕޯރޓްފޯލިޔޯ

ފޯރމެޓިވް އެސެސްމަންޓް ޓޫލްސް: ޕޯރޓްފޯލިޔޯ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޕޯރޓްފޯލިޔޯއަކީ  ވަރަށް ބޭނުންތެރި އެހާމެ ފުރިހަމައަށް ދަރިވަރުންގެ ފެންވަރު ވަޒަންކުރެވޭ ފޯރމެޓިވް އެސްސްމަންޓް ޓޫލްއެކެވެ. ޕޯރޓްފޯލިޔޯ އަކީ ދަރިވަރުންކުލާހުގައި  ކުރާ މަސައްކަތުގެ ތެރެއިން ހޮވާލެވޭ އެންމެ ފުރިހަމަ މަސައްކަތްތަކުގެ އެކުލަވާލުމެކެވެ. ނޫނީ އެންމެ ފުރިހަމައަށް ކުރެވޭ މަސައްކަތްތަކުގެ ފައިލެއް ނުވަތަ ފޯލްޑަރއެކެވެ. މިމަސައްކަތަކީ  ވަރަށް  ފަރުވާތެރިކަމާއެކު ކަޑައެޅޭ މަޤްސަދުތަކެއްގައި  ޖަމާކުރެވޭ އެކުލަވާލުމެކެވެ. އެއީ ވަކި މުއްދަތެއް ކަޑައެޅި އެމުއްދަތުގެ ތެރޭގައި ދަރިވަރުން ކުރާ މަސައްކަތްތަކެކެވެ. ޕޯރޓްފޯލިޔޯއިން ދަރިވަރުންގެ ތަފާތު ހުނަރުތައް ދައްކާލެވޭނެއެވެ. އެއީ  މުޅިޓާރމް ނުވަތަ އަހަރުތެރޭ  ކުރި  ހުރިހާ  މަސައްކަތްތަކެއްގެ  އެކުލަވާ  ލުމެއްނޫނެވެ.

މިގޮތައް ޕޯރޓްފޯލިޔޯ އެކުލަވާލުމުގައި މުދައްރިސުން ވިސްނަންވީކަންތައް

  • ޕޯރޓްފޯލިޔޯގެ ޒަރީއާއިން ބެލެނިވެރިޔާއަށް ދޭންބޭނުންވަނީ ކޮން މައުލޫމާތެއްހޭ؟
  • ޕޯރޓްފޯލިޔޯއިން ބެލެނިވެރިޔާއަށް ކިޔައިދޭން ބޭނުންވަނީ ކޮން ވާހަކައެއްހޭ؟
    މިއީ ދަރިވަރުގެ “step by step” ކުރިއެރުމުގެ އުސްއަލި ތަކެއްހޭ! ނޫނީ މީގެން މިދައްކައިދެނީ ދަރިވަރުގެ އެންމެ ފުރިހަމަ މަސައްކަތްތައްހޭ! ވީމާ ޕޯރޓްފޯލިޔޯ ތައްޔާރުކުރާ މަޤްސަދުތައް މުދައްރިސަށް ވަރަށް ރަނގަޅަށް ސާފުވާންވާނެއެވެ.

1) ގްރޯތް ޕޯރޓްފޯލިޔޯ

މިއީ ލިބެމުންދާ ކުރިއެރުން ދައްކައިދޭ ޕޯރޓްފޯލިޔޯއެކެވެ. ހާއްސަކޮށް މިޕޯރޓްފޯލިޔޯއިން ދައްކައިދޭނީ ވަކިހުނަރެއް ނުވަތަ ހުނަރުތަކެއް ކުރިއަރަމުން ގޮސްފައިވާ މިންވަރެވެ. މިގޮތުން ދިގު މުއްދަތެއްގައި ދަރިވަރު ކުރިއަރަމުން އައި ގޮތުގެ (ވަކިވަކި މަރުހަލާ ނުވަތަ ސްޓެޕްބައި ސްޓެޕް) ބޮޑު މަންޒަރެއްވެސް ދެއްކިދާއެވެ. މީގައި ހިމެނިފައިވާނީ ދަރިވަރު ކުރިމަސައްކަތްތައް އެންމެ ފުރަތަމަ ދުވަސްވަރުން ފެށިގެން އެކިދުވަސްވަރުގައި އައިސްފައި ހުރި ކުރިއެރުންތަކެވެ. މިސާލަކަށް ލިޔުންތެރިކަމަށް ފޯކަސް ކުރާނަމަ ކޮންމެ ދެހަފްތާ އަކުން އައި ކުރިއެރުންދައްކައިދޭ ގޮތަށްވެސް ހެދިދާނެއެވެ. ނުވަތަ ކޮންމެ މަހަކުން އައި ކުރިއެރުންވެސް ހިމެނިދާނެއެވެ.

2) ބެސްޓް ވޯރކް ނުވަތަ ޝޯކޭސް ޕޯރޓްފޯލިޔޯ

މިއީ މިހާތަނަށް ކުރެވުނު އެންމެފުރިހަމަ މަސައްކަތްތަކުގެ ޕޯރޓްފޯލިޔޯއެކެވެ. މިއީ އަހަރު، ޓާރމް، ނުވަތަ ސެމެސްޓަރ ނިމޭއިރު ތައްޔާރު ކުރާ ޕޯޓްފޯލިޔޯއެކެވެ. މިޕޯރޓްފޯލިޔޯއިން ދައްކައިދޭނީ ދަރިވަރުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ރަގަޅު ކަމަށް ފާހަގަ ކުރެވޭ އޭނާގެ އެކިހުނަރުތަކުގެ އެންމެފަހުގެ ވަރަށްފުރިހަމަ މަސައްކަތްތަކެކެވެ. މީ ދަރިވަރަށް މިހާރު އުގެނި ދަސްވެ އެންމެ ފަހުން ހާސިލްވެގެން ދިޔަވަރެވެ. ނުވަތަ އެންމެފަހުން ދަރިވަރަށް ހާސިލްވި މައުލޫމާތާއި ހުނަރެވެ. އަދި އުގެނި ދަސްވެ އެދަރިވަރަށް އެމައުލޫމާތާއި ހުނަރުތައް ބޭނުން ކުރެވިފައިވާ ފެންވަރެވެ.

މި ޕޯރޓްފޯލިޔޯއިން ދަރިވަރުގެ އަނެއްއަހަރުގެ މުދައްރިސުންނަށް އޭނާގެ މިއަހަރުގެ ހުނަރުތަކާއި ގާބިލްކަން ދައްކައިދޭ އެއްޗެއް ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ. މި ގޮތައް ސާނަވީ/މަތީ ސާނަވީގެ ދަރިވަރުން ލައްވާވެސް ޕޯރޓްފޯލިޔޯ ތައްޔާރުކުރެވިދާނެއެވެ. މީގެ ތެރެއިން ތައްޔާރުކުރާ “ޝޯކޭސް ޕޯޓްފޯލިޔޯ” އެދަރިވަރުން ވަޒީފާ އަށް ވަނުމަށް ނުވަތަ ކޮލެޖަށް ވަނުމަށް ވެސް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް އާރޓްވޯރކް ޕޯރޓްފޯލިޔޯ “ބެޗެލަރ އޮފް އާކިޓެކްޗަރ” ޑިގްރީ އަށް ވަނުމަށް ބޭނުންކުރެވޭނެއެވެ.

3) އިވެލުއޭޝަން ޕޯރޓްފޯލިޔޯ

މިއީ ފެންވަރު ވަޒަންކުރަން ބޭނުންކުރާ ޕޯރޓްފޯލިޔޯއެކެވެ. މިޕޯރޓްފޯލިޔޯގައި ދަރިވަރު ހިމަނާނީ ފެންވަރުވަޒަންކުރަން ވެގެން އެކުލަވާލާ މަސައްކަތްތަކެވެ. މިޕޯރޓްފޯލިޔޯ ބޭނުންކޮށްގެން ގްރޭޑް ނުވަތަ މާރކްސް ދިނުމަށް ބޭނުންކުރެވިދާނެއެވެ. މީގެން ދަރިވަރުންގެ ސްޓޭންޑަޑްތައް ކުރިއަރަމުން އަންނަވަރު ދައްކައިދޭނެއެވެ. އަދި ދަރިވަރު ފެންވަރުގެގޮތުން މިހާރުހުރީ ކޮންހިސާބެއްގައިކަން ވަރަށްރަނގަޅަށް އެގޭނެއެވެ. މިޕޯޓްފޯލިޔޯ، އެސައިންމަންޓް ގޮތުގައި މަތީ ގްރޭޑްތަކަށް ދެވޭނެއެވެ. މިޕޯރްޓްފޯލިޔޯ އެސައިންމަންޓް ގޮތުގައި ބޭނުންކުރެވިދާނެއެވެ. އެގޮތުން ޕޯރޓްފޯލިޔޯގައި ހިމަނަންވީ އެއްޗެހި އެސައިންމަންޓެއްގޮތައް ތައްޔާރުކޮށް ރުބްރިކްތަކާއެކު ދަރިވަރުންނާއި ހަވާލުކުރާނީއެވެ. މިސާލަކަށް އެއީ ލިޔުންތެރިކަން ފެންވަރުވަޒަންކުރަން ބޭނުންވާ ޕޯރޓްފޯލިޔޯއެއްނަމަ އޭގައި ހިމަނަންޖެހެނީ މިސާލަކަށް ސިޓީ(ރަސްމީއާއި ނުރަސްމީ)، ވާހަކައެއް، ހާދިސާ/ކާރިސާއެއް، ޕްރޮސީޖަރަލް ރައިޓިން، އެއްޗެއް/އިމާރާތެއްގެ ތަފްސީލެއް، މިފަދައިން މުދައްރިސު އޭގައި ހިމަނަން ބޭނުންވާ ލިޔުންތަކުގެ ލިސްޓާއެކުވެ. މިފަދަ ޕޯރޓްފޯލިޔޯއިން ދަރިވަރު ކުރިއަރާފައިވާ މިންވަރު ދައްކައިދޭނެއެވެ. އަދިހަމަ އެފަދައިން އެކި ޓާރމުގައި ދަރިވަރުގެ ފެންވަރު ހުރި ގޮތް ދައްކުވައިދޭނެއެވެ. ދަރިވަރުގެ މިހާރުހުރި ޤާބިލްކަމާއި ދަރިވަރުގެ ހުނަރުތައް ކުރިއަރާ މިންވަރު ދައްކައިދޭނެއެވެ. ދަރިވަރުގެ ފެންވަރު ވަޒަންކުރުމުގައި ދަރިވަރު މިހާތަނަށް ކޮށްފައި ހުރި އެންމެ މުހިންމު މަސައްކަތް ދެއްކޭނެއެވެ.

ޕޯރޓްފޯލިޔޯ ރިފްލެކްޝަންސް

ޕޯރޓްފޯލިޔޯގައި ދަރިވަރުން އަމިއްލައަށް އެކުދިން ކޮއްފައި ހުރި މަސައްކަތާއި ބެހޭގޮތުން ލިޔެފައިވާ ލިޔުން ކޮޅެއް (ރިފްލެކްޝަންސް) ހިމަނާލަންވާނެއެވެ. އެއީ އޭނަކުރި މަސައްކަތާއި ބެހޭގޮތުން އޭނާގެ އަމިއްލަ ހިޔާލުތަކެވެ. ނުވަތަ އެކަންކުރިގޮތާއި ބެހޭގޮތުން އޭނަ އަމިއްލައަށް ދެކޭގޮތެވެ. އެލިޔުން ކޮޅުގައި ދަރިވަރު އަމިއްލައަށް އެދަރިވަރު މިހުނަރު ކުރިއެރުވުމަށް އަމާޒު ކޮށް ކުރި މަސައްކަތް ހާމކުރަންވާނެއެވެ. މިސާލަކަށް އަމިއްލަ ކުރިއެރުން އަމިއްލައަށް ފެންވަރުބަލައިފައި (ސެލްފް އެސެސްމަންޓް) ނުވަތަ އަމިއްލަ އިހްސާސްތައް ބަޔާންކުރެވޭނެއެވެ. އަދި އެކުދިން މިމަސައްކަތްތައް މިޕޯރޓްފޯލިޔޯގައި ހިމެނީ ކީއްވެކަންވެސް ލިޔެވޭނެއެވެ. އޭގެ އިތުރުން އެކުދިން މަސައްކަތް ކުރިގޮތުގެ ތަފްސީލްދީ އޭގައި ހުރި މަސައްކަތާއި ބެހޭގޮތުން މައުލޫމާތުވެސް ހިމެނިދާނެއެވެ.

ނޯޓް: ޕޯރޓްފޯލިޔޯގެ ރިފްލެކްޝަންސް މިއީ ވަރަށް މުހިންމު ބައެކެވެ.

ޕޯރޓްފޯލިޔޯ ހެދުމުން ޙާސިލްވާ މައިގަނޑު ޤާބިލިއްޔަތުތައް

ނަފްސް ދެނެގަތުމާއި ތަންޒީމް ކުރުން، ދޭހަވުމާއި ދޭހަކޮށްދިނުން، ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި ވިސްނުން، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުކުރުން – މިގާބިލިއްޔަތުތައް ހިމެނެއެވެ. މީގެ އިތުރުންވެސް އައި.ސީ. ޓީ ބޭނުންކޮށްގެންވެސް ޕޯރޓްފޯލިޔޯހެދޭނެއެވެ. އެއިރުން އެހާސިލްވަނީ ޓެކްނޮލޮޖީ އާއި މީޑިއާ ބޭނުންކުރުން، މިޤާބިލިއްޔަތެވެ.

ނިމުނީ

ލިޔުނީ: ނިޢުމާ މުޙައްމަދު

ޓެގް

ޕޯޓްފޯލިއޯ ފޯމަޓިވް އެސެސްމެންޓް އެސެސްމެންޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.