ކުޅިވަރު ބާސެލޯނާއިން ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލީގުގެ އެއްވަނަ މަގާމުގައި ފަރަގު ބޮޑުކޮށްފި

ބާސެލޯނާއިން ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލީގުގެ އެއްވަނަ މަގާމުގައި ފަރަގު ބޮޑުކޮށްފި

ބާސެލޯނާއިން ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލީގުގެ އެއްވަނަ މަގާމުގައި ފަރަގު ބޮޑުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާއި ރޭ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި ބާސެލޯނާއިން ތިން ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

މި މޮޅާއެކު މިހާތަނަށް ކުޅުނު 12 މެޗުން 33 ޕޮއިންޓް ހަމަކޮށް، ބާސެލޯނާ އޮތީ އެންމެ ކުރީގައެވެ. ދެވަނައިގައި 30 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު، މި މެޗުން ބަލިވި އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވާ 28 ޕޮއިންޓާއެކު އެ ޓީމު ވެއްޓިފައިވަނީ ތާވަލުގެ ތިންވަނައަށެވެ.

އެތުލެޓިކޯގެ ދަނޑުގައި 69 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި ވާދަވެރި މެޗުގެ ކުރީކޮޅު ލީޑުނަގާފައިވަނީ އެތުލެޓިކޯއެވެ. މެޗުގެ 10 ވަނަ މިނިޓުގައި ހޫލިއަން އަލްވަރޭޒް ނަގައިދިން ހުރަހަކުން ޖިއުލިއާނޯ ސިމިއޯނީ ވަނީ ލަނޑެއް ޖަހައިދީފައެވެ. މި ލަނޑުގެ ކުރިންވެސް އަލްވަރޭޒް ފޮނުވާލި ހަމަލައެއް ބާސެލޯނާގެ ކީޕަރު މަތަކޮށްފައިވާއިރު، އޭގެފަހުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމެން ކައިރިވެފައިވަނިކޮށް، ބާސެލޯނާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފާރމިން ލޮޕޭޒެވެ. މެޗުގެ ނަތީޖާ އެއްކޮށް ބަދަލުކޮށްލީ ދެވަނަ ހާފުގެ 66 ވަނަ މިނިޓުގައެވެ. ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ފާރމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކު، ބާސެލޯނާއިން މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ކަށަވަރުކުރިއެވެ.

ޓެގް

ލަލީގާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.