ޚަބަރު ވައިގެ ބަނދަރުގެ ޓެކުހާއި ފީން ދައުލަތަށް ލިބުނު ފައިސާ 3.3 ބިލިއަން ރުފިޔާއަށް އަރައިފި

ވައިގެ ބަނދަރުގެ ޓެކުހާއި ފީން ދައުލަތަށް ލިބުނު ފައިސާ 3.3 ބިލިއަން ރުފިޔާއަށް އަރައިފި

ވައިގެ ބަނދަރުގެ ޓެކުހާއި ފީން ދައުލަތަށް ލިބުނު ފައިސާ 3.3 ބިލިއަން ރުފިޔާއަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ ޓެކުހާއި ފީތަކުން ދައުލަތުގެ ބަޖެޓަށް ބޮޑު އާމްދަނީއެއް ޖަމާވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މި ދާއިރާއިން ލިބުނު ފައިސާގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެ މިނިސްޓްރީން ނެރުނު "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ އޮކްޓޫބަރު މަހުގެ 29 ގެ ނިޔަލަށް ޑިޕާޗާ ޓެކުހުގެ ގޮތުގައި އެކަނިވެސް 1.64 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.54 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.4 އިންސައްތައިގެ ކުރިއެރުމެކެވެ. ރާއްޖޭގައި މި ޓެކްސް ތަންފީޒުކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ހަމައެއާއެކު، 2017 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ އާމްދަނީ ވެސް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން، މިދިޔަ އަހަރު މި ފީން 1.56 ބިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 7.6 އިންސައްތައިގެ ކުރިއެރުމަކާއެކު 1.68 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

މި ދެ ބާވަތުގެ ފީ އެއްކޮށްލުމުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު ހުރީ 3.32 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 3.11 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ. ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި، ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވުމަކީ މި އާމްދަނީ އިތުރުވާން މެދުވެރިވި މައިގަނޑު ސަބަބެވެ.

ޓެގް

ފިނޭންސްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.