ޚަބަރު

ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުން އިތުރުވެއްޖެ

ފާއިތުވި ހަފްތާއެއްހާ ދުވަހަށް ބަލާއިރު ރިސޯޓް ތަކުން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. ވޭތުވެ ދިޔަ 7 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް މިއަދުހާ ގިނައިން ރިސޯޓްތަކުން މީހުން ޕޮޒިޓިވްވެފައެއް ނުވެއެވެ. މިއަދު ވަނީ 40 މީހުން ހަމައެކަނި ރިސޯޓްތަކުން ޕޮޒިޓިވް ވެފައެވެ.

ރަށްރަށުން ޕޮޒިޓިވްވި 80 އަށްވުރެ ގިނަ މީހުންނާއެކު ރާއްޖެއިން އިތުރު 149 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 149 މީހުންގެ ތެރެއިން އަތޮޅުތަކުން ވަނީ 89 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ20 މީހުންނެވެ. ރިސޯޓުތަކުން 40 މީހަކު ޕޮޒިޓިވްވިއެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 88،966 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިގެން 2،026 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 13 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 123 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 86،682 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،117 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 245 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close