މިއަދުވެސް 106 މީހުން ޕޮޒިޓިވް ވެއްޖެ
އަނެއްކާވެސް އިތުރު 106 މީހުން ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވެއްޖެއެވެ. މިއަދުގެ މި ޢަދަދާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 8486 އަށް އަރައިފިއެވެ.
ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 106 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 125 މީހުންގެ ތެރެއިން 112 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަގްލަދޭޝްގެ 5 މީހަކާއި، އިންޑިއާގެ 5 މީހަކާއި، ލަންކާގެ 2 މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8486 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5333 މީހުންނަކީ ދިވެހިންނެވެ. އަދި 3163 މީހުންނަކީ ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 180 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5822 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 22 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 29 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.


