ޚަބަރު

ގުޅީފަޅުން ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ ބޮޑުބައެއް ނިމިއްޖެ

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތުގެ ތެރެއިން، މިހާތަނަށް 2،751 ގޯއްޗެއްގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިންއިން ހާމަކޮށްފިއެވެ.

ގުޅީފަޅުން ދޫކުރަން ކަނޑައަޅާފައިވާ 2،438 ގޯތީގެ ތެރެއިން މިހާރު ބާކީ އޮތީ އެންމެ 119 ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމެވެ. މީގެ ތެރޭގައި ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރި 1،347 ގޯތިވެސް ހިމެނޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، ކުރީގެ ރަޖިސްޓްރީތައް އުވާލުމަށްފަހު އައު ސަރަހައްދުތަކުން ގޯތިތައް ކަނޑައަޅާފައެވެ. ގޯތި ހަވާލުކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާއިރު، އިއްޔެ އެކަނިވެސް 41 ފަރާތަކާ ގޯތި ހަވާލުކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ގޯތި ދޫކުރާ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް އަވަސްކުރައްވާފައެވެ. ކުރީ ސަރުކާރުން ގޯތި ދޫކުރަން ނިންމި ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް ނުނިމި އޮތް މި ސަރަހައްދުތަކަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close