މިއަދު މުޅި ރާއްޖޭގައި ކުރިއަށްދިޔަ ބޮޑު އިންތިޚާބާ ގުޅިގެން، މާދަމާ އާއި ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހަމަޖައްސަވައިފިއެވެ.
އެ އޮފީހުން ބުނިގޮތުގައި މިގޮތަށް ނިންމެވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން މިއަދު ކުރިއަށްދާތީއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ދެ ދުވަސް ބަންދުކުރަން ނިންމެވީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާތީ، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީއެވެ. ޚާއްޞަކޮށް ވޯޓުލުމަށްފަހު ކުރަންޖެހޭ އިދާރީ މަސައްކަތްތަކަށް ވަގުތު ބޭނުންވާނެކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، އިންތިޚާބަށްފަހުވެސް އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރިއަށް ހުރުމާއެކު، ހޯމަ ދުވަސްވެސް ބަންދުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވެއެވެ. މި ނިންމެވުމާއެކު، އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ނިންމާލުމަށް ދައުލަތުގެ މުވައްޒަފުންނަށް އިތުރު ފުރުޞަތެއް ލިބިގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...