ޚަބަރު ރާއްޖެއަށް މައްކާ ރޫޓް ދާއިމީ ކުރަން ސަޢުދީން ނިންމައިފި

ރާއްޖެއަށް މައްކާ ރޫޓް ދާއިމީ ކުރަން ސަޢުދީން ނިންމައިފި

ރާއްޖެއަށް މައްކާ ރޫޓް ދާއިމީ ކުރަން ސަޢުދީން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ގެނުވައިދޭ މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީ ކުރުމަށް ސަޢުދީ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ސަޢުދީ ޢަރަބިއްޔާއަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ކުރައްވަވާ ރަސްމީ ދަތުރުގައި، މައްކާ ރޫޓްގެ ސުޕަވައިޒަރީ ކޮމެޓީއާއި ބައްދަލުކުރެއްވުމަށްފަހުއެވެ.

މި ނިންމުމާއެކު ދިވެހި ޙައްޖުވެރިންގެ ދަތުރު ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. ސަޢުދީ ސަރުކާރުން މި ނިންމުން ނިންމީ މިދިޔަ ޙައްޖުގައި ރާއްޖެއަށް މައްކާ ރޫޓްގެ ތަޖުރިބާގެ ފަހަރު ކަމަށް ބަލައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުން ދެއްވި އެއްބާރުލުން ފާހަގަކުރައްވާފައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވަނީ ދިވެހިރާއްޖެއަށް މައްކާ ރޫޓް ދާއިމީކޮށްދެއްވައި، ޙައްޖުވެރިންނަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.