ޚަބަރު ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަންގެ މޭމައްޗާއި ކަރު ފިހިއްޖެ

ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަންގެ މޭމައްޗާއި ކަރު ފިހިއްޖެ

ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަންގެ މޭމައްޗާއި ކަރު ފިހިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އޭގެ ކެޕްޓަންގެ ކަރާއި މޭމަތި ފިހިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ހުރީ ކެޕްޓަން އެކަންޏެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 10 ނޮވެމްބަރު 2026 ވީ އަންގާރަ ދުވަހުގެ ދަންވަރު 03:00 އެހައިކަންހާއިރުއެވެ. އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ ފަތިހު 05:30 އެހައިކަންހާއިރުއެވެ.

އަލިފާން ރޯވުމުގެ ސަބަބުން އެ ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގެ ފަޅުފަޅާއި ކަނޑުމަތީގައި އަޅާފައި ހުންނަ އުޅަނދުފަހަރުގައި އަލިފާނުގެ ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ގަވާއިދުން ބެލެހެއްޓުމަށާއި ކަރަންޓު ޝޯޓެއް ނުވަތަ ރޯވުމުގެ ފުރުސަތު އޮތް ކަންކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އަދި ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ޓެގް

އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.