ޚަބަރު ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކޮށްފި

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، މިރޭ ބޭއްވުމަށް އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާކަމަށެވެ.

ގަރާޖެއްގައި ރޯވެ، އަލިފާންގަނޑު އެ އިމާރާތުގެ ދެ ބުރިއަކަށް ފެތުރިގެންދިޔައިރު، މިހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ މެޑެއްޔާއި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، އެއް ވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް ދޭ ހާއްސަ މެޑެލް، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ޓެގް

ޖުމުހޫރީދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.