ޚަބަރު ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ ކޮރަޕްޝަން ނައްތާލެވިގެން: ރައީސް މުޢިއްޒު

ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ ކޮރަޕްޝަން ނައްތާލެވިގެން: ރައީސް މުޢިއްޒު

ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ ކޮރަޕްޝަން ނައްތާލެވިގެން: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ ކޮރަޕްޝަން ނައްތާލައިގެން ކަމަށ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާލޭގެ ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވީ، ޒިންމާދާރު އަދި އަދުލުވެރި ވެރިކަމެއް ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށާއި، މިކަން ޙާޞިލްކުރެވޭނީ ދެފުށްފެންނަ އިންސާފުވެރި ނިޒާމެއް ޤާއިމުކޮށް ކޮރަޕްޝަން ނައްތާލައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ، ޚިދުމަތް ދިނުމުގައި އިންސާނުންގެ ބައިވެރިވުން ހުންނަ ދާއިރާތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުކަމަށެވެ. މިކަމަށް އޮތް އެންމެ ބޮޑު ޙައްލަކީ ދައުލަތާއި ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުން ކަމަށެވެ. “މޯލްޑިވްސް 2.0” ގެ ދަށުން މިކަން ޙާޞިލްވުމުން، ޚިދުމަތް ހޯދުމާއި ލިބިގަތުމުގައި އިންސާނީ އެއްވެސް އިނގިލިގަނޑެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިޖިޓަލައިޒޭޝަން މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި ބޮޑު އަދަދެއް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މި މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ހިޔުމަން އިންޓަރފިއަރެންސް މަދުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޓެގް

ޖުމުހޫރީދުވަސް ޑރ.މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.