ހެންވޭރުގައި ހުރި ގެއެއްގައި އަލިފާން ރޯވެ އަދަނީ
ހ. ކަޅުހުރާ މަގުގައި ހުންނަ ފަޅު ގެއެއްގައި (ހ. ނިސްރީނުވިލާ) ދެންމެ އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.
އަލިފާން ރޯވެ އަނދަމުންދާ އިމާރާތުން އެއްޗެހިތަކެއް ގޮވި އަޑު އިވުނު ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ހުރި މީހަކު ބުނީ ސިފައިން ގޮސް ފެން ޖަހައި އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކޮށްފައިވާކަމަށެވެ.
މި ހާދިސާއާއި ގުޅޭ ގޮތުން ރަސްމީ ފަރާތަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.


