ޚަބަރު

މާފަރު ފަޅު، ފެރިދޫގެ ބައެއްގެ ގޮތުގައި ރައީސް މުޢިއްޒު ކަނޑައަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. އަތޮޅު މާފަރު ފަޅަކީ، އެ އަތޮޅު ފެރިދޫގެ ބައެއްގެ ގޮތުގައި ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.

މި ގަރާރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ނިންމެވުމާއެކު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް ވަނީ އިސްލާޙު ގެނެސްފައެވެ.

އެ ގަރާރުގެ ޖަދުވަލުގައި ހިމަނާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، މާފަރު ފަޅު ވަނީ ފެރިދޫގެ ބައެއްގެ ގޮތުގައި އިތުރުކުރެވިފައެވެ. މާފަރު ފަޅުގައި ޕިކްނިކް އައިލެންޑެއް ޤާއިމުކުރުމުގެ މަސައްކަތް މިދިޔަ މަހުގެ 19 ވަނަ ދުވަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށް ފައިވަނީ ރައީސް މުއިއްޒު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close