ޚަބަރުސިޔާސީ

އެމްއެންޔޫގެ ޗާންސެލަރަކަށް ޑރ. ޝައުގީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް ކ. މާލޭ މާފަންނު ލައިޓްކޯނަރ-4 ޑޮކްޓަރ މަޙްމޫދު ޝައުޤީ އައްޔަން ކުރައްވައިފިއެވެ. އަދި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒު އާދަމް އައްޔަން ކުރައްވައިފިއެވެ.

މި ދެބޭފުޅުންނަށާއި އަދި ރާއްޖޭގެ ޔުނިވަސިޓީތަކުގެ އިސްމަޤާމުތަކަށް އައްޔަށް ކުރެއްވި ފަރާތްތަކަށް މަޤާމުގެ ފަތްކޮޅު ހަވާލު ކުރެއްވުން އޮތީ ރައީސް އޮފީހުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިބޭފުޅުންނަށް ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް އައްޔަން ކުރެވުނު ޑރ. މަޙްމޫދު ޝައުޤީ އާއި ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް އައްޔަން ކުރެވުނު ޑޮކްޓަރ ޢާއިޝަތު ޝެހެނާޒު އާދަމް އަކީ ވެސް އެ ޔުނިވާސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްފައިވާ ބޭފުޅުންތަކެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close