ޚަބަރު

މިއަންނަ 2026 ވަނަ އަހަރަށް ލަފާކުރާ 64.2 ބިލިއަނުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

އަންނަ އަހަރަށް ސަރުކާރުން ހުށައަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރި ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. ކޮމެޓީގެ މަސައްކަތްތައް ނިންމުމަށްފަހު، މި ބަޖެޓް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. މި ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މާލީ ވަޒީރު މޫސާ ޒަމީރެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާއަކީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ކަމަށެވެ. މި ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ ކަމަށާއި، މިއީ މި ސަރުކާރަށް ވާރުތަވި ދަރަނިތައް އަނބުރާ ދެއްކުމުގެ ސަބަބުން އިތުރުވެގެން އައި އަދަދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ލަފާކުރެއްވި ގޮތުގައި، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވުމާ އެކު، 2027 ވަނަ އަހަރު ބަޖެޓް 56.8 ބިލިއަން ރުފިޔާއަށް އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދަށްވާނެއެވެ. ބަޖެޓް ކޮމެޓީގައި ބައެއް މުއައްސަސާތަކުން ބަޖެޓް ކުޑަކަމަށް ފާހަގަކުރި ނަމަވެސް، ފިނޭންސް މިނިސްޓްރީން ބަޖެޓް ބޮޑުނުކުރެވޭނެކަން ވަނީ އަންގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close