ސިޔާސީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު މިއަދު ހަމަޖައްސަވައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު އައްޔަންކޮށް، މަގާމުގެ ފަތްކޮޅު އޭނާއާއި ހަވާލު ކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް މިއަދު ބޭފުލަކު ހަމަޖައްސަވާފައިވާއިރު މި މަޤާމުގައި ކުރިން ހުންނެވި  އަހުމަދު މުހައްމަދުފުޅު ވަނީ މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖެއްސުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު ހަމަ ޖައްސަވާ އެބޭފުޅުންނަށް ވެސް މަޤާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައެވެ.

މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަޤާމަށް މުހައްމަދު ފަހުމީ ހަސަން ހަމަޖެއްސެވި އިރި މިނިސްޓަރ އޮފް ސްޓޭޓް ފޯ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަޤާމަށް އިބްރާހިމް އާމިރު އަދި ރައީސްގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރގެ މަޤަމަށް އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީވަނީ ހަމަޖައްސަވާފައެވެ.

ޓެގް

ރައިސް އޮފީސް ޖަލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.