ޚަބަރު

މާއުނގޫދޫގައި ޒުވާނެއްގެ ބަނޑަށް ވަޅިހަރައި ޒަޚަމް ކޮށްލައިފި

ދެމީހެއްގެ ދެމެދުގައި ހިނގި އަރައިރުމެއްގެ ތެރެއިން ށ. މާއުނގޫދޫގައި ޒުވާނެއްގެ ބަނޑަށް ވަޅި ހަރައިފިއެވެ.


އެ ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 12:00 ހާއިރު ކަމަށެވެ.

ބަނޑަށް ވަޅިހެރުމުން އަނިޔާވި ޒުވާނާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

“އަނިޔާ ލިބުނު މީހާގެ ހާލު ވަރަށް ސީރިއަސް،” ކަމަށް މައުލޫމަތު ލިބެއެވެ.

އެ ހާދިސާގައި އަނިޔާ ލިބުނީ ރިސޯޓެއްގައި މަސައްކަތް ކުރާ އެރަށު މީހަކަށެވެ. އަދި ތުހުމަތު ކުރެވެނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހަކަށް ކަމަށް ކައުންސިލުން ބުންޏެވެ.

ހަމަލާ ދިން މީހާ އެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close