ޚަބަރު

ޖަމިއްޔަތުއް ސަލަފުގެ ގެފަރާތުން ލަންދޫގައި ވަރަށް ޚާއްޞަ ދަރުސްތަކެއް ބާއްވައިފި

ލަންދޫ އިސްލާމިކް ފްރޮންޓް ފޯރ އެޑިއުކޭޝަން (ލައިފް ޖަމްޢިއްޔާ) އާއި، ރާއްޖޭގެ މަޝްހޫރު ދީނީ ޖަމްޢިއްޔާކަމަށްވާ ޖަމްޢިއްޔަތުއް ސަލަފާއި ގުޅިގެން 04 އޮކްޓޯބަރު 2019 ވީ ހުކުރު ދުވަހާއި އެދުވަހުގެ ރޭ ލަންދޫގައި ވަރަށް ޚާއްޞަ ދީނީ ޙަރަކާތްތަކެއް ހިންގައިފިއެވެ.

އެގޮތުން ހުކުރު ނަމާދު ނ.ލަންދޫގައި އިމާމުވެ ކޮށްދެއްވެވީ ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަބްދުއް ސަލާމް ދާވޫދު (ސަލާމްބެ) އެވެ. މީގެ އިތުރުން ހުކުރުދުވަހުގެ ހަވީރު 16:00 ގައި ލަންދޫގެ ޒުވާނުންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށް، ޒުވާނުންނަށްވެސް ވަނީ ޚާއްޞަ ދަރުސެއް ކުރިއަށް ގެންގޮސްފައެވެ. މިދަރުސް ކުރިއަށްގެންދިޔައީ “ބަރާބަރުހަޓް” ގައެވެ.

މި ޙަރަކާތުގައި އައްޝައިޚް ޢަބްދުއް ސަލާމް ދާވޫދު (ސަލާމްބެ) ގެ އިތުރުން އައްޝައިޚް ފަޟުލޫން މުޙައްމަދު އާއި އަދި މުޅި ރާއްޖެއަށް މަޝްޙޫރު އަލްއަޚް ޢަލީ ރަމީޒުވެސް ބައިވެރިވެލެއްވިއެވެ. މި ޙަރަކާތް ކުރިޔަށްދާނީ ނ.ލަންދޫ ބަރާބަރު ހަޓުގައެވެ.

ގުޅުންހުރި ލިޔުންތައް

އަދި ލަންދޫގެ ކުދިބޮޑު އެންމެންނަށް ޚާއްޞަކޮށްގެން ބޮޑު ދަރުސެއް ހުކުރު ދުވަހުގެރޭގެ 20:15 ގައި ލަންދޫ ސްކޫލު ހޯލުގައި ބޭއްވިއެވެ. މި ދަރުސް ދެއްވާނީ އައްޝައިޚް ޢަބްދުއް ސަލާމް ދާވޫދުއެވެ.

މިހުރިހާ ޙަރަކާތްތަކެއްގައި ލަންދޫގެ އެންމެހާ ޒުވާނުންނާއި ކުދިބޮޑު އެންމެން ބައިވެރިވެ، ވަރަށް ކާމިޔާބު ކަމާއެކު މިޙަރަކާތްތައް ކުރިއަށް ގެންދެވުނުކަމަށް ލައިފް ޖަމްޢިއްޔާގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close