ޚަބަރު

ނޭޕާލުގައި ތިބި ދިވެހި ކިޔަވާކުދިން ރާއްޖެ ގެންނަނީ

ނޭޕާލްގައި ތިބި ދިވެހި ދަރުވަރުންގެ ތެރެއިން މެޑިސިން ކިޔަވަމުންދާ 35 ދަރުވަރަކު ރާއްޖެއަށް ގެނައުމަށް މިހާރު ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޯވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޭރުގެ ޤައުމުތަކުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިންގެ އެހީތެރިވުމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން މިއަދު އެދިވަޑައިގެންފައިވާކަމަށެވެ.

ހެލްތު މިނިސްޓަރުގެ އެދިވަޑައިގަތުމާއެކު މިހާތަނަށް ބޭރުގެ އެކި ޤައުމުތަކުގައިތިބި 100 ދަރިވަރަކު ރާއްޖެއަށް އައުމަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ ތެރެއިން ނޭޕާލްގައި ޞިއްޚީ ދާއިއިރާއިން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކު ރާއްޖެއްޖެއަށް ގެނައުމަށް ޓިކެޓްނަގައި އެމީހުން ރައްޖެއަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެޤައުމުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އިތުރު 67 ދަރިވަރަކު ރާއްޖެ ގެނައުމުގެ މަަސއްކަތް މިހާރު ކުރަމުންދާކަމަށާ، އެކުދިންގެ ޓިކެޓް އިޝޫކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން މިހާރު ކުރަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ނޭޕާލުގައި މިހާރު ކިޔަވަންތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒް ވުމަށް ކިޔަވާ 40އަށްވުރެ ގިނަ ޑޮކްޓަރުން އެބަތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް އޭގެތެރޭގައި ހިމެނެއެވެ.

ނޭޕާލްގައި ތިބި ދިވެހި ދަރިވަރުގެ ތެރެއިން ފުރަތަމަ އަންނަ 35 ކުދިން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މިރޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close