ޚަބަރު “މައްކާ ރޫޓް” ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިވި މުއައްސަސާތަކުގެ އަގުވަޒަންކޮށްފި

“މައްކާ ރޫޓް” ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިވި މުއައްސަސާތަކުގެ އަގުވަޒަންކޮށްފި

“މައްކާ ރޫޓް” ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިވި މުއައްސަސާތަކުގެ އަގުވަޒަންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ޙައްޖާޖީންނަށް ޚިދުމަތް ދިނުމަށް ކުރިއަށްގެންދިޔަ “މައްކާ ރޫޓް އިނީޝިއޭޓިވް” ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެހީތެރިވި ހުރިހާ މުއައްސަސާތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން ފެށި މި މަޝްރޫޢަކީ ޙައްޖާޖީންގެ ދަތުރުފަތުރުގެ ކަންކަން ވަރަށް ބޮޑަށް ލުއިކޮށްދިން ތާރީޚީ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ދިވެހި ޙައްޖާޖީން ސައުދީއަށް އެތެރެވުމުގެ އިމިގްރޭޝަން ކަންކަން ރާއްޖޭގައި ތިބެގެން ނިންމާލެވޭނެ އިންތިޒާމު ހަމަޖެހުމުން، ޙައްޖާޖީންނަށް ބޮޑު ލުޔެއް ލިބިގެންދިޔައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް އޮމާންކަމާއެކު ކުރިއަށް ދިޔައީ ދިވެހި އެކި މުއައްސަސާތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާއި، ފަންނީ ހުނަރުވެރިކަމާއި، ޚިދުމަތްތެރިކަމުގެ އިޚްލާޞްތެރި ރޫޙުގެ ސަބަބުންނެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ މި މުބާރަކް މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހެޔޮ ދަރުމަ ދެއްވުމަށް އެދި ދުޢާކުރައްވާފައެވެ. އަދި ޤައުމަށާއި ޙައްޖާޖީންނަށް ޚިދުމަތް ކުރުމުގައި އެ ފަރާތްތަކުން ދެއްކެވި ސާބިތުކަމަކީ މި މަޝްރޫޢު ކާމިޔާބުވުމުގެ މައިގަނޑު ސަބަބު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެގް

ހައްޖުކޯޕަރޭޝަން ޑރ.ޝަހީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.