ޚަބަރު އައްޑޫސިޓީގެ މިސްކިތެއްގެ މުސްޙަފްތަކަށާއި، ގޮނޑިތަކަށް ގެއްލުންދިން މައްސަލައެއް ބަލަނީ

އައްޑޫސިޓީގެ މިސްކިތެއްގެ މުސްޙަފްތަކަށާއި، ގޮނޑިތަކަށް ގެއްލުންދިން މައްސަލައެއް ބަލަނީ

އައްޑޫސިޓީގެ މިސްކިތެއްގެ މުސްޙަފްތަކަށާއި، ގޮނޑިތަކަށް ގެއްލުންދިން މައްސަލައެއް ބަލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫސިޓީގެ މިސްކިތެއްގެ މުސްޙަފްތަކަށާއި، ގޮނޑިތަކަށް ގެއްލުންދިން މައްސަލައެއް ބަލަންފަށައިފިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުން ދީފައިވަނީ ހިތަދޫ މަސްޖިދުލް ޢުމަރުލް ފާރޫގު މިސްކިތުގައި ހުރި ތަކެއްޗަށެވެ.

މިސްކިތަށް ގެއްލުންދީފައި ހުރިކަން އެނގުނީ މަޣުރިބު ނަމާދަށް އެ މިސްކިތުގެ މުދިމާއި މަސައްކަތު މީހުން ހަވީރު 17:30 ހާއިރު މިސްކިތަށް ދިޔުމުންނެވެ.

މިސްކިތަށް ދިޔައިރު، ގޮނޑިތައް އުކައި، މުޞްޙަފުތަކަށް ފެން އަޅާފައި ހުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން ބަހެއް ލިބިފައެއް ނުވެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން، އެ މިސްކިތުގެ ތެރޭގައި ގޮނޑިތައް އުކާފައި ހުރި މަންޒަރު ފެނެއެވެ. އަދި، ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ ތަން ވެސް ފެނެއެވެ.

މީގެ ކުރިން ވެސް މިސްކިތްތަކަށް ގެއްލުން ދިން މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.

ޓެގް

އައްޑޫސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.