ޚަބަރު ބުދަ ދުވަހު ފެށޭ 4 ދުވަހުގެ ޗުއްޓީއަށް ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވޭ: މެޓް އޮފީސް

ބުދަ ދުވަހު ފެށޭ 4 ދުވަހުގެ ޗުއްޓީއަށް ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވޭ: މެޓް އޮފީސް

ބުދަ ދުވަހު ފެށޭ 4 ދުވަހުގެ ޗުއްޓީއަށް ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވޭ: މެޓް އޮފީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށް އޮތް ބުދަ ދުވަހު ފެށޭ ހަތަރު ދުވަހުގެ ދިގު ބަންދާ ދިމާކޮށް، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިކޮށްލާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް މޫސުން އޮންނާނީ ގޯސްކޮށެވެ. އަދި މާދަމާ މޫސުން އިތުރަށް ގޯސްވެ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ކަނޑުތައް ގަދަވެ، ވިއްސާރަ ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އުތުރުގެ ސަރަހައްދުތަކުގައި ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށާއި، ބުދަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް ބުދަ ދުވަހަކީ ޖުމްހޫރީ ދުވަސް ކަމަށްވެފައި، ސަރުކާރުން ބުރާސްފަތި ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވާތީ، ހަފުތާ ބަންދާއެކު ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބެއެވެ. އެހެންކަމުން ގިނަ ބަޔަކު ދަތުރުފަތުރު ކުރުމަށް ރާވަމުން އަންނައިރު، ޗުއްޓީ ފެށޭ ހިސާބުން މޫސުން އަލިކޮށްލުމަކީ ދަތުރުވެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އިއްޔެއިން ފެށިގެން މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ވަނީ މަގުތަކުގައްޔާއި ގެތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައެވެ. މޫސުމީ މި ވިއްސާރައިގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، ކަމާބެހޭ އިދާރާތަކުން އަންނަނީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.

ޓެގް

މެޓްއޮފީސް މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.