ޚަބަރު ޅައިމަގަށް ނަގޫރޯޅިއެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ޅައިމަގަށް ނަގޫރޯޅިއެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ޅައިމަގަށް ނަގޫރޯޅިއެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ށ. ޅައިމަގަށް އެރި ބާރުގަދަ ނަގޫރޯޅިއެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، އެ ރަށު މީހަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާގައި އެ ރަށުގެ ހަތަރަކަށްވުރެ ގިނަ ގޭގެ ފުރާޅު އެއްލާލައި، ބައެއް ގުދަންތަކާއި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވައިގަދަވުމުގެ ސަބަބުން ވިއްސައިގެންދިޔަ ޓިނުގަނޑެއް ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އޭނާއަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލު ހޯދައި ހާލަތު ވަޒަންކުރުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން ފަށާފައިވާއިރު، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަ ދުވަސްވަރަކަށް ވާތީ، އާންމު ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޓެގް

މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.