ޚަބަރު ނަރުސްގެ ޕޯސްޓްމޯޓަމުން ދެއްކީ ނޭވާ ހާސްކޮށްލައިގެން މަރާލިކަމަށް

ނަރުސްގެ ޕޯސްޓްމޯޓަމުން ދެއްކީ ނޭވާ ހާސްކޮށްލައިގެން މަރާލިކަމަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައިޖީ އެމް އެޗްގައި މަސައްކަތް ކުރި ފިލިޕީންސަށް ނިސްބަތްވާ ނަރުސް ގެ މަރާގުޅިގެން ހެދި ޕޯސްޓް މޯޓަމުގެ ނަތީޖާއިން ދެއްކީ އޭނާ މަރުވެފައިވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ނަރުސް މީހާގެ މަރާއި ގުޅިގެން ހެދި ޕޯސްޓް މޯޓަމްގެ ނަތީޖާ މީޑިއާތަކާ ހިއްސާ ކުރައްވަމުންނެވެ.
ދަންޖެހިގެން މަރުވި ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް ފަހުން ޝައްކުތަކެއް އުފެދިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ އަންހެން ނަރުސް މޭރީ ގްރޭސް މަރާލާފައިވާ ކަމަށް ޝައްކު ކުރެވިފައިވަނީ އޭނާގެ ފިރިމީހާއަށެވެ.

ފިރިމީހާވެސް އުޅެނީ އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާގައެވެ. ނަމަވެސް، ފިރިމީހާ މާވިން ބުނެފައި ވަނީ މޭރީ އަމިއްލައަށް މަރުވީ ކަމަށެވެ.

ޕޯސްޓްމޯޓަމް ހެދުމަށް މޭރީގެ ހަށިގަނޑު މި މަހުގެ 1ގައި އިންޑިއާއަށް ގެންދިއުމަށް ފަހު އިއްޔެ ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ.

ފުލުހުން ވިދާޅުވީ، އޭނާ މަރުވެފައިވަނީ ދަންޖެހިގެންކަމަށާއި، އޭނާ މަރުވީ މީހަކު ދިން އަނިޔާތަކެއް ނުވަތަ އަނިޔާއެއްގެ ސަބަބުންކަމަށެވެ.

ޓެގް

ނަރުސްމީހާ ޕޯސްޓްމޯޓަމް އައިޖީއެމްއެޗް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.