ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް ސޮއިކޮށްފި
އއ. ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، ފޯމް ހަވާލުކުރުމަށް އެމްޑީޕީގެ އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމީއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފެރިދޫ ކައުންސިލަރުންގެ ފޯމްތަކާއެކު އެ ރަށުން އެމްޑީޕީއަށް ސޮއިކުރި 50 މީހުންގެ މެމްބަރޝިޕް ފޯމް ވަނީ ޕާޓީއާ ހަވާލުކޮށްފައިކަމަށެވެ.
ފެރިދޫ ކައުންސިލް މެމްބަރުންގެ އިތުރުން، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެމްބަރުންވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.
ފެރިދޫ ކައުންސިލްގެ މެމްބަރުން މިއަދު އެމްޑީޕީއަށް ސޮއިކުރިއިރު، އެ މެމްބަރުން ވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާ މިއަދު ބައްދަލުކުރައްވާފައެވެ.

