މާލީ އިދާރާތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނުގެ އަދަދު މިއަހަރުގެ ތެރޭގައި މެދުކެނޑުމެއްނެތި އިތުރުވަމުން އައިސް، ސެޕްޓެންބަރު މަހު 47 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ(އެމްއެމްއޭ) ގެ މަހުން މަހަށް އާންމުކުރާ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައިފިއެވެ.
މި އަހަރުގެ ޖަނަވަރީ މަހު 41 ބިލިޔަން ރުފިޔާގައި ހުރި ޕްރައިވެޓް ސެކްޓަރ ލޯނުގެ ޖުމްލަ އަދަދު، މަހުން މަހަށް ކުރިއަރަމުން ގޮސް އޮގަސްޓް މަހު 46 ބިލިޔަން ރުފިޔާއަށް އަދި ސެޕްޓެންބަރު މަހު އިތުރަށް މައްޗަށް ގޮސްފައެވެ.
އެގޮތުން ސެޕްޓެންބަރު މަހު ދޫކުރި ލޯނުތަކުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. އެ ދާއިރާއަށް 15 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ދެވަނައަށް އެންމެ ބޮޑު އަދަދެއް ކަމަށްވާ 11 ބިލިޔަން ރުފިޔާ ދޫކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ.
މީގެ އިތުރުން، އަމިއްލަ ކަންކަމަށް ނުވަތަ ޕާސަނަލް ބޭނުންތަކަށް 9 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން އެމްއެމްއޭގެ ރިޕޯޓުން ދައްކާއިރު، ލޯނުގެ ގޮތުގައި އެންމެ މަދުން ފައިސާ ދޫކޮށްފައިވަނީ ދަނޑުވެރިކަމުގެ ސިނާއަތަށެވެ. އެ ދާއިރާއަށް ދޫކޮށްފައިވަނީ 20 މިލިޔަން ރުފިޔާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...