ޚަބަރު

ޕެންޑެމިކް ޓްރެވަލް ބޭން އުވާލައި، ފަތުރުވެރިންނަށް އެމެރިކާ ހުޅުވާލައިފި

މެކްސިކޯ، ކެނެޑާ އަދި ޔޫރަޕްގެ ގިނަ ގައުމުތަކުން އެމެރިކާއަށް ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެޤައުމުތަކުގެ ފަތުރުވެރިންނަށާއި، ދަތުރުފަތުރުކުރާ ފަރާތްތަކަށް އެމެރިކާ ރަސްމީކޮށްހުޅުވާލައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން އެމެރިކާއިން ޕެންޑަމިކް ޓްރެވަލް ބޭން އުވާލާފައިވާ އިރު، މި ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިން ނަށް ދިގު މުއްދަތަކަށް ދަތުރުތަކާއި އާއިލާގެ މެމްބަރުން ނަށާއި، ރައްޓެހިންނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

ހޯމަ ދުވަހުން ފެށިގެން ވައިގެ ބަނދަރުތަކާއި އެއްގަމު ބޯޑަރުތައް ހުޅުވާލިނަމަވެސް އެމެރިކާއިން ކަނޑައެޅި އާ އުސޫލުގައި ވަނީ ވެކްސިންގެ ޑޯޒް ހަމަކުރި ހެއްކާއި ކޮވިޑް-19 ގެ ނެގެޓިވް ޓެސްޓެއް އޮތް މީހުންނަށް ހުއްދަ ދިނުމަށެވެ.

ނަމަވެސް މީގެތެރެއިން މެކްސިކޯ އާއި ކެނެޑާއިން އެއްގަމު ދަތުރުފަތުރު ކުރުމަށް ވެކްސިން ފުރިހަމަކުރި ކަމުގެ ހެއްކެއް އޮތުމުން ނެގެޓިވް ޓެސްޓެއް       ނެތަސް ދަތުރު ކުރުމުގެ ހުއްދަ ދޭންވަނީ ނިންމާފައެވެ.

އެއަރލައިންތަކުން އިންތިޒާރުކުރަމުންދަނީ ޔޫރަޕާއި އެހެން ތަންތަނުން އިތުރު ދަތުރުވެރިން އަންނާނެ ދުވަހަކަށެވެ. ޓްރެވަލް އެންޑް އެނަލިޓިކްސް ފާމެއް ކަމަށްވާ ސީރިއަމްގެ ޑޭޓާތަކުން ދައްކާ ގޮތުގައި އެއާލައިންތަކުން އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ކުރާ ދަތުރުތައް މި މަހު 21 ޕަސެންޓް އިތުރުވާނެއެވެ.

އެމެރިކާއިން ފަތުރު ވެރިންނަށް އެ ޤައުމު ރަސްމީކޮށް ހުޅުވާލާފައިވާއިރު އެމެރިކާގެ ބައްރުގެ އެހެން ޤައުމުތަކާއި، ޔޫރަޕްގެ ބައެއް ޤައުމުތަކުންވެސް މިހާރުދަނީ ކޮވިޑް ޕެންޑަމިކަށްފަހު ބޯޑަރުތައް ހުޅުވާލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close