ޚަބަރު

ކްރިޕްޓޯ އަކީ ޙަރާމް އެއްޗެއްކަމުގައި އިންޑޮނޭޝިއާގެ ދީނީ ލީޑަރުންގެ ކައުންސިލުން ބުނެފި

ފައިސާގެ ގޮތުގައި ކްރިޕްޓޯ އެސެޓް ބޭނުންކުރުމަކީ މުސްލިމުންނަށް ޙަރާމްކަމެއް ކަމަށް އިންޑޮނޭޝިއާގެ ދީނީ ލީޑަރުންގެ ކައުންސިލުން ބުނެފިއެވެ.

އެކައުންސިލްގެ އިސްވެރިޔާ އަސްރޫން ނިއަމް ޝޯލޭހް ބުރާސްފަތި ދުވަހު ވިދާޅުވީ، ކްރިޕްޓޯކަރަންސީއަކީ ހަރާމް އެއްޗެއް ކަމަށް ނޭޝަނަލް އުލެމާ ކައުންސިލުން ނުވަތަ އެމްޔޫއައި އިން ދެކޭ ކަމަށާއި، އެއީ ހަރާމް އެއްޗެއް ކަމަށް ނުވަތަ މަނާ އެއްޗެއް ކަމަށް ކަނޑައެޅީ، ކްރިޕްޓޯ އަކީ ނުތަނަވަސްކަމާއި، ގެއްލުން ދިނުމުގެ ބައިތައް އޭގައި ހިމެނޭތީ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޑިޖިޓަލް އެސެޓެއްގެ ގޮތުގައި ކްރިޕްޓޯކަރަންސީ އަކީ ޝަރީއާގެ އަސާސްތަކާ އެއްގޮތަށް ކުރެވޭ މުޢަމަލާތަކަށް ވެފައި އޭގެ ސާފު ފައިދާއެއް އެކުލެވޭ އެއްޗަކަށް ވާނަމަ، އެ އިން ވިޔަފާރި ކުރެވޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ގައުމުގައި ޝަރީޢާ ކޮމްޕްލަޔަންސް އާ ބެހޭ ބާރު އެމްޔޫއައި އަށް ލިބިގެންވާއިރު، އިސްލާމިކް ފައިނޭންސްގެ މައްސަލަތަކުގައި ފިނޭންސް މިނިސްޓްރީ އާއި މަރުކަޒީ ބޭންކުގެ މަޝްވަރާ ވެސް އެމްޔޫއައިން ބަލައިގަނެއެވެ.

ކްރިޕްޓޯ އެސެޓްތަކަށް ސަރުކާރުން އަމިއްލައަށް ވެސް އެއްބާރުލުން ދީ، އިންވެސްޓްމަންޓް އޮޕްޝަނެއްގެ ގޮތުގައި ކޮމޯޑިޓީ ފިއުޗާސް އާ އެކު ވިޔަފާރި ކުރުމުގެ ހުއްދަ ދީ، އަހަރު ނިމުމުގެ ކުރިން ކްރިޕްޓޯ ފޯކަސްޑް އެކްސްޗޭންޖެއް ގާއިމް ކުރުމަށް ބާރު އެޅި އެވެ. އިންޑޮނޭޝިއާގައި ކްރިޕްޓޯ އެސެޓްސް ފައިސާގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ ނުދެނީ، ރުޕިއާއަކީ އިންޑޮނޭޝިއާގެ ހަމައެކަނި ލީގަލް ޓެންޑަރކަމަށްވާތީއެވެ.

އެމްޔޫއައިގެ މި ނިންމުމުގެ މާނައަކީ އިންޑޮނޭޝިއާގައި ކްރިޕްޓޯކަރަންސީގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވުން ނޫން ކަމަށްވާއިރު، މި ގަރާރުގެ ސަބަބުން މުސްލިމުންނަށް އެސެޓްތަކަށް އިންވެސްޓްކުރުމަށް ހުރަސްއެޅި، ކްރިޕްޓޯ އެސެޓްތައް ދޫކުރުމާމެދު ލޯކަލް މުއައްސަސާތަކުން އަލުން ވިސްނަން ޖެހިދާނެ ކަމަށް ބެލެވެއެވެ. މަރުކަޒީ ބޭންކުގެ ޑިޖިޓަލް ކަރަންސީއާ މެދު ވިސްނަމުންދާއިރު، މިހާތަނަށް ވަކި ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

ކްރިޕްޓޯގެ މުއާމަލާތްތައް އިންޑޮނޭޝިއާގައި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި 370 ޓްރިލިއަން ރުޕިއާ (26 ބިލިއަން ޑޮލަރު) އަށް އަރާއިރު، މިއީ އަދިވެސް ދުނިޔޭގެ ބާޒާރުގެ ގާތްގަނޑަކަށް ތިން ޓްރިލިއަން ޑޮލަރެވެ.

އިންޑޮނޭޝިއާގެ ދީނީ ލީޑަރުންގެ މި ސްޓޭންޑަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އެހެން ގައުމުތަކުގައި އެ ގައުމުތަކުގެ ދީނީ ލީޑަރުންގެ ސްޓޭންޑާ ތަފާތު ވެދާނެ ސްޓޭންޑެކެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ދުބާއީގެ ފްރީ ޒޯންގައި ކްރިޕްޓޯ ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާއިރު، 2019 ވަނަ އަހަރުން ފެށިގެން ބަހްރެއިން އިން ވަނީ ކްރިޕްޓޯ އެސެޓްތަކަށް ތާއީދުކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close