ޚަބަރު

އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްއާރުއެމުން 5 ކަމެއް ހުށަހަޅައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ އެމްއާރުއެމުން އެމްޑީޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް 5 ނުކުތާއެއް ހުށަހަޅައިފިއެވެ.

ރޭ އެމްޑީޕީއާއެކު އެމްއާރުއެމުން ބޭއްވި ބައްދަލުވުމުގައި ހުށަހެޅި 5 ނުކުތާކަމަށް އެ ޕާޓީން ފާހަގަކުރި ފަސްކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމަށްޓަކައި މައުލޫމާތަށް އެދިފައިވާކަމަށް އެ ޕާޓީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

އިތުރަށް ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެމްއާރުއެމްގެ އުސޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރުކުރުމަށްވެސް އެ ޕާޓީން އެދިފައިވާކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ.

އިތުރު ކަމެއްގެ ގޮތުގައި ކޯލިޝަން އެއްބަސްވުމަށް އިހުތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުންވެސް އަމަލުކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ހޯދައިދެވޭނެ ގޮތެއް ހެދުމަށްވެސް އެ ޕާޓީން އެދުނެވެ.

އިތުރަށް އޮޅުންފިލުވަން އެދުނު ކަމަކީ ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމުކުރާނެ ގޮތްތަކަކާއި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއްގެ ގޮތުގައި ދަމަހައްޓާނެކަމުގެ ޔަގީންކަމަށްވެސް އެ ޕާޓީން އެދުނެވެ.

އަދި އެމްއާރުއެމުން ބުނީ އެ ނުކުތާތަކާއި އިތުރު ސިޔާސަތުތަކާ ގުޅޭ ތަފުސީލީ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close