ޚަބަރު

ކޮވިޑް ޖެހުނު ސިފައިންގެ މީހާގެ ވަރަށް ގިނަ ކޮންޓެކްޓް ޓްރޭސިންގ ކުރިއަށް އެބަދޭ – ޑރ.އަފްޒަލް

ސިފައިންގެ މީހަކު ކޮވިޑް-19 އަށް ފައްސިވިވެއްޖެކަމަށާއި، އެއީ69  ވަނަ ކޭސް ކަމަށާއި އެބޭފުޅާއާއި ގުޅިގެންވެސް ވަރަށް ގިނަ ކޮންޓެކްޓް ޓްރޭސިންގ ކުރިއަށްދާކަމަށް ޑރ.އަފްޒަލް ވިދާޅުވެއްޖެއެވެ.

މިއީ ސަރުކާރުގެ މުވައްސަސާއެއްގައި މަސައްކަތްކުރާ ފަރާތަކަށް ރާއްޖޭގައި މި ވައިރަސް ޖެހުނު ފުރަތަމަ ފަހަރެވެ.

ސިފައިންނާއި ފުލުހުން ދަނީ ކޮވިޑް-19 އާއި ގުޅިގެން، ކަމާއި ބެހޭ އެހެން އިދާރާތަކާއެކު ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 83 މީހަކު ފައްސިވެފައިވާއިރު، މީގެ ތެރޭގައި 38 ދިވެހިންނާއި 45 ބިދޭސީން ހިމެނެއެވެ. މި ބަލިޖެހިގެން ރާއްޖެއިން މިހާތަނަށް 16 މީހަކަށް ފަރުވާދެވި ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ މާރިޗު 7 ވަނަ ދުވަހުއެވެ. އަދި ވެރިރަށް މާލެއިން މި ވައިރަސްގެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މި ހިނގާ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ވައިރަސްގެ ތިން ކޭސް އެއް މާލެއިން ވަނީ ފެނިފައެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް މާލެއިން މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރު ވަމުންނެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close