ޚަބަރު

ނައީމާގެ މަރާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ފާއިތުވި އޭޕްރީލު މަހުގެ 8 ވަނަ ދުވަހުގައި ނ.މަނަދޫން މަރާލާފައިވަނިކޮށް ފެނުނު އެ ރަށު ނައީމާ މޫސާގެ ޤަތުލުގެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

އޭޕުރީލު 8 ވަނަ ދުވަހުގައި ނައީމާ ދިރިއުޅޭ ގޭގައި އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޭނާގެ ހަށީގަނޑަށް ވަޅިހަރާފައިވާކަން އެނގިފައިވެއެވެ. އެ މައްސަލައާ ގުޅިގެން އެ ރަށުގައި ފުލުހުންވަނީ ފުޅާދާއިރާއެއްގައި ފޮރެންސިކް ހެކި ހޯދުމަށް މަސައްކަތްކޮށްފައެވެ.

އެގޮތުން އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ހޯދައި ޓެސްޓުކޮށްފައިވެއެވެ. އަދި އޭގެ އިތުރަށް ނައީމާގެ އާއިލާ މީހުންގެ ޑީއެންއޭ ސާމްޕަލްވެސް ފުލުހުން ނެގިއެވެ.

މިއަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޢީމާގެ ޤަތުލުގެ ތަޙުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އެ މައްސަލައިގެ ތަހުގީގަށް މުހިއްމު ހެކިތަކެއް ހުރި ތަނެއް ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގު ހިންގެވުމުގައި އިސްކޮށް މަސައްކަތްކުރައްވަނީ މަރުގެ މައްސަލަތައް ތަހުގީގުކުރުމުގެ ތަޖުރިބާކާރު ބޭފުޅެއްކަމަށްވާ އިންސްޕެކްޓާ މުޙައްމަދު ސާމިޙު އަދި އޭނާއާއެކު މާލެއިން ދިޔަ ޓީމުންކަން ފާހަގަކުރައްވައި އެ ޓީމަށާއި ނ.އަތޮޅުގެ ފުލުހުން އެ މަރުގެ ހަގީގަތް ހޯދައި އިންސާފު ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ފަޚުރުވެރިކަމާއެކު ޙަމީދު ފާހަގަކުރެއްވިއެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close