ޚަބަރު ދެ ފަނޑިޔާރަކު ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

ދެ ފަނޑިޔާރަކު ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ވަކިކުރުމަށް ހުށަހަޅަން ނިންމާފައިވަނީ ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ކ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އެވެ.

ޖޭއެސްސީން މިރޭ ބޭއްވި ބައްދަލުވުމަށްފަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ރާޣިބު އަޙްމަދުއާ ގުޅޭގޮތުން، ހުށަހެޅިފައިވާ މައްސަލައާއި ގުޅޭގޮތުން އެ ކޮމިޝަނުން ކުރި ތަހުޤީޤަށްފަހު މިމައްސަލަ އޭނާގެ މައްޗަށް ސާބިތުވެފައިވާތީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައިކަމަށެވެ.

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ކޮށްފައިވާ ތަހުޤީޤާއި ގުޅޭގޮތުން ކޮށްފައިވާ ތަހުގީގުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު ސާބިތުވެފައިވާތީ އޭނާއަށް އެބަޔާނަށް ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީގެ ބައްދަލުވުމެއްގައި އެކަން ނިންމައި، މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފޮނުވައިގެންނެވެ. ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރަން ވޯޓު ދީފި ނަމަ އޭނާގެ މަގާމު ގެއްލުނީއެވެ. މިގޮތަށް މަޖިލީހުން މިހާތަނަށް ވަކިކޮށްފައިވަނީ އެންމެ ފަނޑިޔާރެކެވެ.

ޓެގް

ޖުޑީޝަރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.