ޚަބަރުބޭރުދުނިޔެޓެކްނޮލޮޖީ

އޭއައި ދާއިރާގައި މައިކްރޯސޮފްޓް އަމިއްލަ ފައިމައްޗަށް ތެދުވާނެ: އޭއައިގެ ވެރިޔާ

މައިކްރޮސޮފްޓުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގައި އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް ފުދޭ ބަޔަކަށް ވުމުގެ އާ މިސްރާބެއް ހިފައިފިއެވެ. މިކަން ހާމަކުރެއްވީ އެ ކުންފުނީގެ އޭއައިގެ ވެރިޔާ، މުސްތަފާ ސުލައިމާންއެވެ.

މި ސްޓްރެޓެޖީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ސުލައިމާން ވިދާޅުވީ، މައިކްރޮސޮފްޓުން އެ ކުންފުނީގެ އަމިއްލަ ޑޭޓާ އާއި އެންމެ ފަހުގެ ކޮމްޕިއުޓިންގ ވަސީލަތްތައް ބޭނުންކޮށްގެން، އެކި ސައިޒުގެ “ފްރޮންޓިއަރ މޮޑެލްސް” ތަމްރީނު ކުރަންޖެހޭ ކަމަށެވެ. މިއީ މައިކްރޮސޮފްޓުން އޭއައިގެ ދާއިރާގައި “އަމިއްލައަށް ފުދުން” މި ބަސް ރަސްމީކޮށް ބޭނުންކުރި ފުރަތަމަ ފަހަރެވެ.

މި އާ އަމާޒަކީ، ކުރިން އޯޕަންއޭއައި އަށް ބޮޑަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އޯޕަންއޭއައި އާއެކު ވެފައިވާ އާ އެއްބަސްވުމެއްގެ ދަށުން، މައިކްރޮސޮފްޓަށް މިހާރު އަމިއްލައަށް އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް ތަރައްޤީ ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އަދި އެންތްރޮޕިކް ފަދަ އެހެން އޭއައި ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މަގުވެސް ވަނީ ފަހިވެފައެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި، މައިކްރޮސޮފްޓުން ވަނީ “ސުޕަރއިންޓެލިޖެންސް ޓީމެއް” ގެ ނަމުގައި ޚާއްސަ ޓީމެއްވެސް އުފައްދާފައެވެ.

ސުލައިމާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މައިކްރޮސޮފްޓްގެ ހުރިހާ އުފެއްދުމެއް “އޭއައި-ފަސްޓް” އުސޫލަށް ބަދަލުކޮށް، ކަސްޓަމަރުންނަށް “މެޖިކަލް” ތަޖުރިބާތަކެއް ހޯދައިދިނުމަކީ އެ ކުންފުނީގެ ޒިންމާއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close