ޚަބަރު ތެލަސީމިއާ ޓެސްޓު ނަތީޖާއަށް ޑިޖިޓަލް ލުޔެއް: ކަރުދާސް ކާޑު އުވާލައިފި

ތެލަސީމިއާ ޓެސްޓު ނަތީޖާއަށް ޑިޖިޓަލް ލުޔެއް: ކަރުދާސް ކާޑު އުވާލައިފި

ތެލަސީމިއާ ޓެސްޓު ނަތީޖާއަށް ޑިޖިޓަލް ލުޔެއް: ކަރުދާސް ކާޑު އުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ތެލަސީމިއާ ސްކްރީނިންގ ހަދާ ފަރާތްތަކަށް ޓެސްޓުތަކުގެ ނަތީޖާ ފޯރުކޮށްދިނުމުގައި ބޭނުންކުރި ކަރުދާސް ކާޑުތައް އުވާލައި، އެ ޚިދުމަތް ފޯނަށް ލިބޭ ޒަމާނީ ޑިޖިޓަލް ކާޑަކަށް ބަދަލުކޮށްފިއެވެ.

މި ބަދަލާއެކު، މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑުތައް ދޫކުރުން އަމަލީގޮތުން މިހާރު ވަނީ ހުއްޓާލާފައެވެ. މިއީ ސިއްހީ ޚިދުމަތްތައް ޒަމާނީކޮށް، ތެލަސީމިއާއަށް ހާއްސަ ވަށާޖެހޭ ފަރުވާއެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު މުހިންމު އިސްލާހެކެވެ.

އަލަށް ތަޢާރަފުކުރި ޑިޖިޓަލް ކާޑުގައި ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން ދެނެގަންނާނެ ހަތް ބާވަތެއްގެ ސިފަ (ޓްރެއިޓް) ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ކިޔުއާރް ކޯޑެއްވެސް ވަނީ ހިމަނާފައެވެ.

އެ ކިޔުއާރް ކޯޑު މެދުވެރިކޮށް، އާއިލާ ރޭވުމަށް ބޭނުންވާ މުހިންމު ސިއްހީ އިރުޝާދުތަކާއި މަޢުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. މިވަގުތު މި ޑިޖިޓަލް ކާޑު އާންމުންނަށް ފޯރުކޮށްދެމުންދަނީ އީމެއިލް އަދި ވަޓްސްއެޕް މެދުވެރިކޮށެވެ.

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ސްކްރީނިންގ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުގެ ސިއްހީ މަރުކަޒެއްގައި ޑީއެންއޭ ލެބޯރެޓަރީއެއް ގާއިމުކޮށް، މިއަހަރުގެ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސާވިސަސް މެދުވެރިކޮށް ދޭ މި ޑީއެންއޭ ތަހުލީލަކީ، ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކަށް ފެތޭގޮތަށް ލޭގައި ހިމެނޭ ހީމޮގްލޯބިންގެ މިއުޓޭޝަންތައް ދެނެގަތުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި ޚިދުމަތެކެވެ.

މި އިސްނެގުމުގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖެއަށް ތެލަސީމިއާ ސްކްރީނިންގ ފުޅާކޮށް، ރައްޔިތުންނަށް އަވަސް އަދި ލުއިފަސޭހަ ޑިޖިޓަލް ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ޓެގް

ތެލެސީމިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.