ޚަބަރު އުފާވެރި ހަބަރެއް، ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ވަރަށް އަވަހަށް ހުޅުވާލަނީ

އުފާވެރި ހަބަރެއް، ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ވަރަށް އަވަހަށް ހުޅުވާލަނީ

އުފާވެރި ހަބަރެއް، ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ވަރަށް އަވަހަށް ހުޅުވާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަސްމާލެ ސަރަހައްދުން 15،000 ގޯތި ދިނުމަށް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިހެން ވިދާޅުވިއިރު، މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެކެވެ. މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް މި މަސައްކަތް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސްޕީޑް ކުރިއަށް އޮތް މަހުގެ ތެރޭގައި ތިން ގުނަ އިތުރުކުރައްވާނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 1100 ހެކްޓަރުގެ ބިން ހިއްކާނެއިރު، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި 15،000 ގޯތި ދެވޭ މިންވަރަށް ބިން ހިއްކައި ނިމޭނެ ކަމަށެވެ. އަދި ބިން ހިއްކައި ނިމެންވާއިރަށް ގޯތި ލިބޭ މީހުން ކަނޑައަޅައި ނިންމުމަށް ބޭނުންފުޅުވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި 15،000 ގޯތި ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށާއި، ދިގު މުއްދަތަކަށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް، އަދި ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި، އެކަނިވެރި މައިންނާއި ބަފައިންނާއި، ޒުވާނުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި، ޓެކްސީ ޑްރައިވަރުންނާއި، އެކިއެކި މުއައްސަސާތަކުގެ މީހުންނަށްވެސް ރަސްމާލެއިން ގޯތި ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ.

ޓެގް

ރަސްމާލެ ޑރ.މުއިއްޒު ބޯހިޔާވަހިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.