ކުޅިވަރު އިންޑިއާ އަތުން ބަލިވެ، ލަނޑެއް ނުޖެހި ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

އިންޑިއާ އަތުން ބަލިވެ، ލަނޑެއް ނުޖެހި ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

އިންޑިއާ އަތުން ބަލިވެ، ލަނޑެއް ނުޖެހި ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އިންޑިއާ އަތުން 1-0 އިން ބަލިވެ، މުބާރާތުގައި އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވި ރާއްޖެ ކަޓައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ތިން ލަނޑުގެ ތަފާތަކުން މޮޅުވުން މަޖުބޫރުވެފައި އޮތް ރާއްޖެއިން މި މެޗަށް ނުކުތީ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. ނަމަވެސް، މެޗުގެ 38 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ ލިބުނު ޕެނަލްޓީއަކުން ލީޑު ނަގާފައެވެ. ރާއްޖޭގެ އޭރިއާ ތެރެއިން ހުސައިން ޝިފާއު (ކްރޯ) ކުރި ފައުލަކަށް ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފޯވާޑް ސުހައިލް އަޙްމަދު ބަޓްއެވެ.

ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން ވަރުގަދަކޮށް، ލަނޑު ޖަހާނެ ރަނުގެ ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން އިބްރާހީމް އައިސަމް އާއި ބަދަލު ކުޅުންތެރިޔާ މުޒްދާން ހަސަން ފޮނުވާލި ހަމަލާތަކުގެ އިތުރުން، އިތުރު ވަގުތުގައި އީތަން އިބްރާހީމް ޒަކީއަށް މުޅިން ހުސްކޮށް ލިބުނު ފުރުޞަތު ވެސް ވަނީ އިންޑިއާގެ ކީޕަރު ޕްރިޔާންޝް ޑޫބޭ ދިފާޢުކޮށްފައެވެ.

ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވެފައިވާ ދިވެހި ޓީމު މުބާރާތުން ވަކިވާން ޖެހުނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ، އެއްވެސް ގޯލެއް ނުޖެހިއެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ލަނޑެއް ނުޖެހި ރާއްޖެ މުބާރާތް ނިންމާލި ފުރަތަމަ ފަހަރެވެ.

ޓެގް

ސާފުޗެމްޕިއަންޝިޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.