އޮޅުވާލައިގެން ފައިސާ ހޯދުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އަންހެނަކާއި ފިރިހެނަކު 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުލިބޭ އެކަށީގެންވާ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަމުރުތަކުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނުގެ އިތުރުން، ފުލުހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ބަދަލުކޮށްފައިވާ އީމެއިލްތަކާއި، ހައްޔަރުކުރި ފިރިހެން މީހާއާ ގުޅޭ ސްނެޕްޝޮޓް ރިޕޯޓެއް ހިމެނެއެވެ.
ބަންދު މުއްދަތު އިތުރުކުރި 33 އަހަރުގެ ފިރިހެން މީހާއަކީ އެންޓި ސްކޭމް ސެންޓަރުން ހިންގަމުންދާ އެހެން ތަހުގީގަކަށް ހާޒިރުވުމަށް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ފުލުހުން އިއުލާނުކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގެ މައުލޫމާތުން އެނގެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...