ޚަބަރު އެމްޑީޕީގެ ކޮންގްރެސް 1 އޮކްޓޯބަރަށް ފަސްކޮށްފި

އެމްޑީޕީގެ ކޮންގްރެސް 1 އޮކްޓޯބަރަށް ފަސްކޮށްފި

އެމްޑީޕީގެ ކޮންގްރެސް 1 އޮކްޓޯބަރަށް ފަސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އެދެވޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހަށް ފަސްކޮށް، މާލެ ސިޓީ ކައުންސިލްގެ ހޯލްގައި ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން ބުނިގޮތުގައި ތާވަލުކުރެވިފައިވާ ގޮތަށް މި މަހުގެ 19 ވަނަ ދުވަހު ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ކުރިން ނިންމާފައި އޮތް ނަމަވެސް، އެކަމަށް ބޭނުންވާ ތަނެއް ހަމަޖެއްސުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ހެންވޭރު ދަނޑުގެ އިތުރުން ހުޅުމާލެ ސެންޓްރަލް ޕާކް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، ހައުސިން މިނިސްޓްރީ އާއި އިލެކްޝަންސް ކޮމިޝަނުން އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށް އެ ޕާޓީގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.

މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭގަނޑު 9:00 ޖަހާއިރު މާލެ ސިޓީ ކައުންސިލްގެ ހޯލްގައެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބާއްވާ މި ކޮންގްރެސްގައި، ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ހެދުމުގެ އިސްލާހެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެއިތުރުން ޕާޓީގެ ކައުންސިލްތަކުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމުގެ ހާއްސަ ފޯރަމެއްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާނެއެވެ.

ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.