ކުޅިވަރު އާސެނަލުން ތާވަލުގެ ކުރިއަށް ޖެހިލިއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ސިލްސިލާ ދިގުލައިފި

އާސެނަލުން ތާވަލުގެ ކުރިއަށް ޖެހިލިއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ސިލްސިލާ ދިގުލައިފި

އާސެނަލުން ތާވަލުގެ ކުރިއަށް ޖެހިލިއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ސިލްސިލާ ދިގުލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު 0-1 ގެ ހަނި ނަތީޖާއަކުން އާސެނަލް ކާމިޔާބުކުރިއިރު، ލީޑްސް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސްވެއްޖެއެވެ.

މި ނަތީޖާތަކާއެކު ލީގު ތާވަލުގެ ކުރީގެ ވާދަވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލަށް މޮޅުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިނީ ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ނޯނީ މަޑުއޭކޭއެވެ. ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުޞަތަކުން މަޑުއޭކޭ ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ފޮރެސްޓްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ. މި މެޗުގައި ނަތީޖާ ހަމަހަމަކުރަން މުރީލޯ އަދި ލިއަމް ޑެލަޕަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭގެ ބޭނުން ފޮރެސްޓަށް ހިފޭގޮތެއް ނުވިއެވެ.

އަނެއްކޮޅުން، ލީޑްސްގެ ދަނޑުގައި ކުޅުނު މެޗުގައި ޔޫރީ ޓީލަމަންސް ދިން ބޯޅައަކުން ބްރަޔަން އެމްބެއުމޯ ވަނީ 35 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ލީޑްސްގެ ޑޮމިނިކް ކަލްވެޓް-ލެވިން ޖެހި ލަނޑުން މެޗު އެއްވަރުވެ، ޔުނައިޓެޑަށް މޮޅެއް ނުލިބި މެޗު ނިންމާލަން ޖެހުނެވެ. މި ނަތީޖާއާއެކު ފުރަތަމަ ހަތް މެޗުން އެންމެ ހަތް ޕޮއިންޓް ލިބިގެން ޔުނައިޓެޑް 13 ވަނައިގައި އޮތްއިރު، މިއީ ވޭތުވެދިޔަ 40 އަހަރު ތެރޭ އެ ޓީމުން ލީގު ފެށި އެންމެ ދަށް ފެށުމެވެ.

މި ނަތީޖާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 21 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީއެވެ. ދެވަނައިގައި އޮތް އާސެނަލަށް 18 ޕޮއިންޓް ލިބިފައިވާއިރު، ކްރިސްޓަލް ޕެލަސް އަތުން 0-5 އިން ބޮޑު މޮޅެއް ހޯދި ބްރައިޓަން އޮތީ ތިންވަނައިގައެވެ. މީގެ އިތުރުން ސަންޑަލެންޑުން ކުޅުންތެރިއަކު މަދުކޮށް ނިންމާލި މެޗު ބޯންމައުތުން ވަނީ 0-2 އިން ކާމިޔާބުކޮށްފައެވެ.

ޓެގް

ޕްރިމިއަރލީގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.