ކުޅިވަރު ޗެމްޕިއަންސް ލީގުގައި ސިޓީގެ މައްޗަށް ޕީއެސްޖީން ކުރިހޯދައިފި

ޗެމްޕިއަންސް ލީގުގައި ސިޓީގެ މައްޗަށް ޕީއެސްޖީން ކުރިހޯދައިފި

ޗެމްޕިއަންސް ލީގުގައި ސިޓީގެ މައްޗަށް ޕީއެސްޖީން ކުރިހޯދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ ކުރިމަތިލުމުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން 4-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި 60،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ބަލައިލުމަށް، ފާއިތުވި 10 އަހަރު ސިޓީއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ދަނޑަށް ހާޒިރުވެފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ މައްޗަށް ޕީއެސްޖީން ވަނީ ފުރިހަމަ ކޮންޓްރޯލެއް ނަގާފައެވެ.

އެގޮތުން މެޗުގެ 13 ވަނަ މިނިޓުގައި ޑިޒަޔޭ ޑުއޭ ޕީއެސްޖީއަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނިޓު ފަހުން އޮސްމާން ޑެމްބެލޭ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 32 ވަނަ މިނިޓުގައި ވިޓީނިއާ ކާމިޔާބުކުރި ލަނޑާއެކު ޕީއެސްޖީން ތިން ލަނޑުގެ ލީޑެއް ހޯދިއެވެ.

ފުރަތަމަ ހާފު ދިޔަ ގޮތުން ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ދެވަނަ ހާފަށް ނުކުތްއިރު އެއްފަހަރާ ތިން ބަދަލެއް ގެނެސްފައެވެ. އެގޮތުން ރުބެން ޑިއާސް، ޖެރެމީ ޑޯކޫ އަދި ރަޔާން ޗާކީގެ ބަދަލުގައި މެތިއުސް ނޫނޭޒް، އިލިމަން އެންޑިޔާއޭ އަދި ބުއާޑީ ކުޅެން އެރުވިއެވެ. މި ބަދަލުތަކާއެކު ދެވަނަ ހާފުގެ 53 ވަނަ މިނިޓުގައި އާލިން ހާލަންޑް ވަނީ ސިޓީއަށް ލަނޑެއް ޖަހައިދީ އުންމީދު އާކޮށްދީފައެވެ.

އެހެން ނަމަވެސް މެޗުގެ 62 ވަނަ މިނިޓުގައި މަގްނޭޒް އަކިއޫޝު ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ޖަހައި އަނެއްކާވެސް ފަރަގު ބޮޑުކޮށްފައެވެ. މެޗުގެ 75 ވަނަ މިނިޓުގައި ހާލަންޑް އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 4-2 އަށް ހަނިކުރި ނަމަވެސް، އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އަނބުރާލުމުގެ ފުރުސަތެއް ސިޓީއަކަށް ނުލިބުނެވެ.

ޓެގް

ޗެމްޕިއަންސްލިގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.