އޭލެވެލް ގަދަ 10ށް އިނާމު ދިނުމުގެ ޖަލްސާ ތާޖުއްދީން ސްކޫލްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި
އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ ތާޖުއްދީން ސްކޫލްގައި ބާއްވާ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.
މާދަމާ ރޭ ބާއްވަން ނިންމާފައިވާ މިޖަލްސާ ކުރިން ބާއްވަން ނިންމާފައި އޮތީ އަމީނިއްޔާ ސްކޫލްގައެވެ.
ނަމަވެސް މިރޭ މިނިސްޓްރީން ބުނީ މޫސުން ތަންނުދޭތީ ކުރިން ހަމަޖައްސާފައި އޮތްގޮތަށް އަމީނިއްޔާގައި ރަސްމިއްޔާތު ބޭއްވެން ނެތް ކަމަށެވެ. އެހެންވެ މިހާރު ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ތާޖުއްދީން ސްކޫލް ހޯލްގައި ކަމަށް ބުންޏެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭލެވެލް އިމްތާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަތް ދަރިވަރަކު ޔަގީންކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އެ ހަފުލާގައި އިނާމު ދޭނީ 2019 ވަނަ އަހަރުގެ މެއި/ޖޫން އިންޓޭކުގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ކަމަށެވެ.
އެ އަހަރުގެ ނަތީޖާ ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.
އާންމުކޮށް އިމްތިހާނު ބާއްވާ އަހަރާއި ޖެހިގެން އޮންނަ އަހަރު ބާއްވާ މި ހަފްލާ މިދިޔަ އަހަރު ނުބޭއްވުނީ ކޯވިޑްގެ ހާލަތާއި ގުޅިގެންނެވެ.



