ޚަބަރު ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފި

ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފި

ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕް ވަރުގަދަކުރުމުގެ ގޮތުން، އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު މިއަދު އިންތިޚާބުކޮށްފިއެވެ. ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި އިންތިޚާބުގައި ވޯޓުލުމަށް މެންބަރުންނަށް ލިބިގެންދިޔައީ ހަތް މިނެޓުގެ ވަގުތުކޮޅެކެވެ.

މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ 968 ވޯޓާއެކު ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު، 964 ވޯޓު ހޯއްދެވީ ފިޝަރީޒް މިނިސްޓަރު ޢަހުމަދު ޝިޔާމެވެ.

ދެން މި މަގާމަށް ހޮވިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސަޢުދާ (923 ވޯޓު)، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު (862 ވޯޓު)، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު (833 ވޯޓު) އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް، މުންދު (780 ވޯޓު) ހިމެނިވަޑައިގަންނަވައެވެ.

މި އިންތިޚާބުގައި ނައިބު ރައީސްކަމަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލެވެ. އިންތިޚާބުގައި އަސްމާއަށް 288 ވޯޓު ލިބިވަޑައިގެންނެވިިއިރު، ނިމާލަށް ލިބިވަޑައިގަތީ 301 ވޯޓެވެ.
މި އިންތިޚާބުން ހޮވުނު އާ ނައިބު ރައީސުން މަގާމުގެ އިޤްރާރުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭގައެވެ.

މި ރަސްމިއްޔާތު ކުރިއަށްދާނީ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުރިފުޅުމަތީގައެވެ.

ޓެގް

ޕީއެންސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.