ޚަބަރު

މުދާއުފުލާ ދޯންޏަކަށް ދިޔަވާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދެނީ

ލ.މާމެންދޫން ފުރައިގެން އައްޑޫ އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެގެން ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެއީ “ރޯޝަން-1″ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.

އެ ދޯނި ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ މިއަދު 13:20 ހާއިރުއެވެ.

އެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ސިފައިންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް, ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އެ ދޯނިން ދިޔަގަނޑު ކޮންޓްރޯލްކުރުމުގެ ގޮތުން ޕަންޕު ބޭނުން ކޮށްގެން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނީ މިއަދު 17:30 ހާއިރުއެވެ.

މިފަދަ ހާދިސާއެއް ހިނގާފައިވާއިރު, މިރޭ ވެސް ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close