ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި ކާރަކާއި، ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފި


ހުޅުމާލޭ ފޭސް ދޭއްގައި ކާރަކާއި، ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ފޭސް ދޭއްގެ ހިތިގަސްމަގު އެމްޕީއެލް ފްލެޓްތައް ކައިރީގައެވެ. މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 11:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި ޖެހުން ސައިކަލް ދުއްވަން އިން މީހާ އަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އެ މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓްގައި ދެ ވެހިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close