މި ސީޒަނުގައި ޔުނައިޓެޑްގެ ނަތީޖާތައް ވަރަށް ދަށްވެ، މިހާރު ހުރި ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފައިވާ އިރު، ކެރިކްގެ ބަދަލުގައި ޕޮޗެޓީނޯ އެ ޓީމާ ހަވާލުވުމަށް އެއްބަސްވެފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮންކަކަފް ނޭޝަންސް ލީގުގައި ހައިޓީއާ ދެކޮޅަށް އެމެރިކާ ކުޅޭ މެޗަށް ފަހު ޕޮޗެޓީނޯ އެ ޤައުމުގެ ކޯޗުކަމުން ވަކިވާނެ ކަމަށް ބެލެވޭއިރު، އޭނާގެ ބަދަލުގައި އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ބޭނުންވަނީ މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އެ މަގާމަށް ގެންނާށެވެ.
ދިހަ އަހަރު ދުވަހު ސިޓީގައި މަސައްކަތް ކުރުމަށް ފަހު މިދިޔަ މެއި މަހު އެ މަގާމުން ވަކިވި ގާޑިއޯލާ އަށް މީގެ ކުރިން އިޓަލީ ގައުމީ ޓީމުގެ ކޯޗުކަން ދޭން ހުށަހެޅި ނަމަވެސް އޭނާ ވަނީ އެ ފުރުސަތު ދޫކޮށްލާފައެވެ. ނަމަވެސް، އެމެރިކާގެ މަގާމަށް އޭނާ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...