ޚަބަރު ނޭޝަނަލް ނިއުސް އެޖެންސީ ރަސްމީކޮށް އިފްތިތާޙުކޮށްފި

ނޭޝަނަލް ނިއުސް އެޖެންސީ ރަސްމީކޮށް އިފްތިތާޙުކޮށްފި

ނޭޝަނަލް ނިއުސް އެޖެންސީ ރަސްމީކޮށް އިފްތިތާޙުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި މީޑިއާތަކަށް، ޚާއްސަކޮށް ޕްރައިވެޓް މީޑިއާތައް ކުރިއެރުވުމުގެ މަޤްޞަދުގައި “ނޭޝަނަލް ނިއުސް އެޖެންސީ” (އެން.އެން.އޭ) ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ފެށި މަސައްކަތެކެވެ. އެން.އެން.އޭގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާޙުކޮށްދެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއި ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް، ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި އެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ ހިލޭ މީޑިއާތަކަށް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ކުރިމަގުގައި އެހެން އަމިއްލަ މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މި ޕްލެޓްފޯމްގައި ހިއްސާކުރެވޭނެކަމަށް ސްޓޭޓް މިނިސްޓަރ ޝަމްއާން ވިދާޅުވިއެވެ. ގިނަ ކޮންޓެންޓްތަކެއް ހިލޭ ލިބޭނެ ނަމަވެސް، ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ޚާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާނެ ކަމަށް ޕީއެސްއެމްގެ އެމްޑީ ނަސްރީން ވިދާޅުވިއެވެ.

އެން.އެން.އޭ އިފްތިތާޙުކުރުމަށް ފަހު، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ދެވުނު މަޢުލޫމާތުތަކުގައި ޕީއެސްއެމްގެ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓާއި އިންފޮމޭޝަން މިނިސްޓްރީ ގުޅިގެން މީޑިއާތަކަށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށާއި، ބައިނަލްއަޤްވާމީ މީޑިއާ އިވެންޓްތަކުން ފުރުސަތު ހޯދައިދިނުމަށް ވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

ޓެގް

ޕީއެސްއެމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.