ކުޅިވަރު

ޗެލްސީ ގާތުގައި ސިޓީއަށް ޕޮއިންޓަކުން ފުއްދާލަށް ޖެހިއްޖެ

އިންގުލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު ޗެލްސީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި ފޯރިގަދަ މެޗު 4-4 ން ދެޓީމު އެއްވަރުވެ ތާވަލުގެ ކުޜީގައި ފަރަގު ބޮޑުކޮށްލަން ލިބުނު ފުރުޞަތު ގެއްލި މެންޗެސްޓާރ ސިޓީއަށް 1 ޕޮއިންޓުން ފުއްދާލަށް ޖެހިއްޖެއެވެ.

ޗެލްސީގެ ހޯމް ދަނޑުކަމަށްވާ ސްޓޭމްފޯޑް ބްރިޖްގައި ކުޅެވުނު މި ފޯރިގަދަ މެޗުގައި ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާ ފަދަ ހަލުވި އެޓޭކިން ފުޓްބޯޅައެއް ފެނިގެން ދިޔައެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލަކީ ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފޯވާރޑް އާލިންގް ހާލަންޑްކާމިޔާބުކޮށްދިން ގޯލެކެވެ. ރެފްރީ މި ޕެނަލްޓީ ދީފައިވަނީ ވީއޭއާރު ބެލުމަށްފަހުގައެވެ.

ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ތަނަވަސްކޮށް މޮޅަށް ކުޅުނު ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ  ތިއާގޯ ސިލްވާއެވެ. އަދި އެޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ކުރިން ސިޓީއަށް ކުޅުނު  ރަހީމް ސްޓާލިން އެވެ.

ރޭގެ މި މެޗުގައި ސޓީގެ ލަނޑުތައް ޖަހާފައިވަނީ ހާލަންޑު 2 ލަނޑާއި، އާކަންޖި 1 ލަނޑާއި އަދި ރޮޑުރީ 1 ލަނޑެވެ. ޗެލްސީގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ތިއާގޯ ސިލްވާ، އާއި ސްޓާލިން އާއި ނިކޮލަސް ޖެކްސަން އާއި އަދި ކޯލް ޕާމާ އެވެ.

ރޭގެ މި ނަތީޖާ އާއިއެކު ތާވަލުގެ 1 ވަނާގައި މެންޗެސްޓާ ސިޓީއޮތީ 12 މެޗުން 28 ޕޮއިންޓާއި އެކުގައެވެ. ރޭގެ މޮޅާއިއެކު ގޯލްގެ ތަފާތުން ޓޭބަލްގެ 2 ވަނާގައި 27 ޕޮއިންޓާއިއެކު  ލިވަޕޫލް އޮތްއިރު ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެން ގޯލުގެ ތަފާތުން ޓޭބަލްގެ 3 ވަނާގައި އޮތީ އާސެނަލުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close