ޚަބަރު

މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް މިއަދު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. އެއާޕޯޓު ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މި މަސައްކަތް ހަވާލުކުރީ ޗައިނާގެ ހުނާން 6 އިންޖިނިއަރިންއާ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން، މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް ދެ ބުރީގެ އާ އިމާރާތެއް އަޅާނެ އެވެ. އާ ޓާމިނަލް އިމާރާތުގައި ސީއައިޕީ ލައުންޖަކާއި ފަސިންޖަރުންނަށް ހާއްސަ ލައުންޖެއްގެ އިތުރުން އޮފީސް ޖާގަ ވެސް އިތުރު ކުރާނެ އެވެ. މި މަސައްކަތް 10 މަސް ތެރޭގައި ނިންމާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މާފަރު އެއާޕޯޓު މިދިޔަ ޖުލައި މަހު ވަނީ އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކޮށްފަ އެވެ. އެއާޕޯޓުގެ ރަންވޭ 2،850 މީޓަރަށް ބޮޑުކުރުމާ އެކު، މިހާރު ވައިޑް-ބޮޑީ މަތިންދާބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ. ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެ އެއާޕޯޓުގައި ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭކަން މިދިޔަ މެއި މަހު އެމިރޭޓްސް އެއާލައިންގެ ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ޖައްސައިގެން ވަނީ ދައްކާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close